ފެލިދޫ އިންޖީނުގޭ އައު އިމާރާތުގެ ބިންގާ އަޅައިފި

ވ.ފެލިދޫގައި ސްޓެލްކޯއިން ޤާއިމުކުރާ ޒަމާނީ އިންޖީނުގޭގެ އާ އިމާރާތުގެ ބިންގާ އަޅައިފިއެވެ. ފެލިދޫގައި މިއަދު ހެނދުނު އޮތް ރަސްމިއްޔާތެއްގައި މި އިމާރާތުގެ ބިންގާ އަޅުއްވާދެއްވީ ސްޓެލްކޯގެ މެނޭޖިންގ ޑ...

17 Mar 2021 | 12:31

ވ.ފެލިދޫގައި ސްޓެލްކޯއިން ޤާއިމުކުރާ ޒަމާނީ އިންޖީނުގޭގެ އާ އިމާރާތުގެ ބިންގާ އަޅައިފިއެވެ.

ފެލިދޫގައި މިއަދު ހެނދުނު އޮތް ރަސްމިއްޔާތެއްގައި މި އިމާރާތުގެ ބިންގާ އަޅުއްވާދެއްވީ ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙަސަން މުޣްނީ އަދި ރައީސް އޮފީހުގެ މިނިސްޓަރ މުޙައްމަދު ޝިފާޒެވެ.

ފެލިދޫ އައި އިންޖީނުގޭގެ އިމާރާތުގެ ބިންގާ އަޅާފައި މި ވަނީ ދިވެހިރާއްޖޭގައި އެކި ކަންކޮޅުތަކުގައި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ގެ ފަރާތުން ފޯރުކޮށްދެމުންދާ ކަރަންޓްގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިންނެވެ.

ސްޓެލްކޯއިން މަޢުލޫމާތުދޭ ގޮތުގައި މި އިންޖީނުގެއަކީ މުޅިން އާ ޒަމާނީ ވަސީލަތްތަކާއެކު، މުސްތަޤުބަލުގައި ފެލިދޫއަށް އަންނާނެ ކުރިއެރުމާއި، ތަރައްޤީއަށް އަދި ދުރު މުސްތަޤުބަލަށް ވިސްނާ، 4 މެގަވޮޓްގެ ކެޕެސީޓީ ޤާއިމު ކުރެވޭ ގޮތަށް އެޅިގެންދާނެ އިންޖީނުގެއެއް ކަމަށް ސްޓެލްކޯއިން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް