ކުޑަހުވަދޫ އެއާޕޯޓުގެ މުވައްޒަފުންތަކެއް ޕޮޒިޓިވްވެ، ރަށް މޮނީޓަރިންއަށް ލައިފި އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ފައްސިވެފައި ވަނީ ހަ މީހުންނެވެ.
ކުޑަހުވަދޫއިން ބަޔަކު ކޮވިޑަށް ފައްސިވެފައި މިވަނީ، އެރަށުން ނަގާފައިވާ ރެންޑަމް ސާމްޕަލް ތަކަކުންނެވެ. އޭގެ ތެރެއިން ފައްސިވެފައި ވަނީ އެއާޕޯޓްގައި މަސައްކަތްކުރާ މުވައްޒަފުންތަކެކެވެ. އަދި މިހާރު އެމީހުން ވަނީ އެކަހެރި ކުރެވިފައެވެ.
ކުދަހުވަދޫއިން ރެންޑަމް ސާމްޕަލް ނެގުމުގެ ތެރޭގައި ބަޔަކު ފައްސިވެފައި ވާއިރު، ރާއްޖޭގެ އެކި ރައްރަށުގައި ރެންޑަމް ސާމްޕަލިންގް ނެގުމުގެ މަސައްކަތް ކުރަމުން އެބަ ދެއެވެ.
އެޗްއީއޯސީން ބުނެފައިވަނީ ކުޑަހުވަދޫ މޮނިޓަރިންގެ ހާލަތަށް ލާފައިވަނީ ކޮންޓެކްޓް ޓްރޭސިން ހަދާ ކޭސް އިންވެސްޓިގޭޓް ކުރުމަށްކަމަށެވެ.
ރާއްޖެއިން މިހާތަނަށް ކޮވިޑް-19 އަށް ފައްސިވެފައިވާ މީހުންގެ ޖުމްލަ އަަދަދު ވަނީ 21،819 އަށް އަރާފައެވެ. އޭގެ ތެރެއިން 19،342 މީހުން ބަލިން ރަނގަޅުވެފައިވާއިރު، 126 މީހަކަށް ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް