އދ. މާމިގިލީ މަގު ހެދުމުގެ މަސައްކަތް ހަލުވި މިނެއްގައި ކުރިއަށް އެބަ ދެއެވެ.
އެގޮތުން މާމިގިލީ މަގުހެދުމުގެ މަޝްރޫޢުގެ ދަށުން، އަމީނީ މަގު އެކްސްކަވޭޝަންގެ %95 މިހާރު ނިމިފައި ވާ ކަމަށް ރޯޑް ޑިވިލޮޕްމަންޓް ކޯޕަރޭޝަނުން ބުނެފިއެވެ.
މާމިގިލީ މަގުހެދުމުގެ މަޝްރޫއުގެ ދަށުން މިވަގުތު ކުރިއަށްދަނީ މަގު ތަކަށް ބޭނުންވާ ކޭބަލް ޖަންކްޝަން އަދި ކާރބްސްޓޯން އެޅުމެވެ.
މީގެ އިތުރުން އަމީނީމަގު އަދި ގެވެހިމަގުގެ ސައިޑްވޯކް ކޮނެ ކޭބަލް ޖަންކްޝަން ވަޅުލާ ހޮޅި އެޅުމުގެ މަސައްކަތް ވެސް ކުރިއަށް ދާ ކަމަށް އާރްޑީސީ އިން މައުލޫމާތު ދެއެވެ.
މި މަޝްރޫޢުގެ ދަށުން 4.31 ކިލޯމީޓަރުގެ މަގު ހެދިގެން ދާނެއެވެ. އަދި މަގުތަކުގެ ސައިޑްވޯކްސް ހެދުމާއި ތާރު އެޅުމުގެ އިތުރުން ފެންް ހިންދުމުގެ ނިޒާމު ގާއިމު ކުރުން ހިމެނެއެވެ.
މި މަޝްރޫޢުގެ އަގަކީ 95،043،314.41 ރުފިޔާއެވެ. އަދި މިއީ މަޝްރޫޢަކީ 400 ދުވަސްތެރޭ ނިންމުމަށް ހަމަޖެހިފައިވާ މަޝްރޫޢެކެވެ.
މާމިގިލީ މަގު ހެދުމުގެ މަޝްރޫޢު، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގް، ހައުސިންގް އެންޑް އިންފްރާންސްޓްރަކްޗަރ އިން ރޯޑް ޑިވިލޮޕްމަންޓް ކޯޕަރޭޝަން އާ ހަވާލު ކޮށްފައި ވަނީ 2020 މާރޗް 12 ވަނަ ދުވަހުއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް