އަނެއްކާވެސް މަސްވެރިއެއްގެ ލޮލަށް ބުޅިއެއް ހެރިއްޖެ

އަނެއްކާވެސް މަސްވެރިއެއްގެ ލޮލަށް ބުޅިއެއް ހެރިއްޖެއެވެ. އެމްއެންޑީއެފް އިން ބުނެފައި ވަނީ 55 އަހަރުގެ މަސްވެރިއެއްގެ ލޮލަށް ބުޅިއެއް ހެރިގެން އެމްއެންޑީއެފް އިން ހަކަރާތްތެރި ވާ ކަމަށެވެ. އެކެފަރު ކ...

17 Mar 2021 | 07:34

އަނެއްކާވެސް މަސްވެރިއެއްގެ ލޮލަށް ބުޅިއެއް ހެރިއްޖެއެވެ. އެމްއެންޑީއެފް އިން ބުނެފައި ވަނީ 55 އަހަރުގެ މަސްވެރިއެއްގެ ލޮލަށް ބުޅިއެއް ހެރިގެން އެމްއެންޑީއެފް އިން ހަކަރާތްތެރި ވާ ކަމަށެވެ.

އެކެފަރު ކަނޑާ 9 މޭލު ބޭރުން މަސްވެރިކަމުގައި އުޅުނު 'ހުށިޔާރު' ދޯނީގައި ހުރި ދިވެހި ފަޅުވެރިއެއްގެ ލޮލަށް ބުޅިއެއް ހެރިގެން އެމްއެންޑީއެފް ސައުތް އޭރިއާ ކޯސްޓްގާޑް ސްކޮޓްރަން އިން ހަކަރަކާތްތެރި ވާން ފަށާފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.

އެގޮތުން އެމްއެންޑީއެފް ގެ އެހީތެރިކަމާއެކު އެ މަސްވެރިޔާ އަވަސް ފަރުވާއަށް، 11:55 ހާއިރު ގއ. ވިލިނގިއްޔަށް ގެންގޮސްދީފފައި ވާނެ ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދެއެވެ.

މި ހާދިސާގެ ރިޕޯޓް ލިބިފައި ވަނީ 09:58 ހާއިރު ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.

މަސްވެރިންގެ ލޮލަށް ބުޅި ހެރުމަކީ މި ފަހަކަށް އަހިސް ގިނަވަމުންދާ އަންނަ ކަމެކެވެ. އެގޮތުން މި މަހުގެ ހަތް ވަނަ ދުވަހު ވަނީ ޅ. މުލީ ބޮއި ކައިރީގައި މަސްވެރިކަން ކުރަން އުޅުނު 35 އަހަރުގެ މަސްވެރިއެއްގެ ލޮލަށް ބުޅިހެރިފައެވެ.

އަދި ފެބްރުއަރީ 14 ވަނަ ދުވަހު ވެސް ވަނީ މަސްވެރިއެއްގެ ލޮލަށް ބުޅިއެއް ހެރި ޒަޚަމްވެފައެވެ. އެފަހަރުވެސް ލޮލަށް ބުޅި ހެރިފައި ވަނީ 35 އަހަރުގެ ދިވެހި މަސްވެރިއެއްގެ ލޮލަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް