އެމްބިއުލާންސްގެ ހިދުމަތް ޖޫން މަހުގައި ހުރިހާ ރަަށަކަށް ލިބިގެންދާނެ: މިނިސްޓަރ ނަސީމް

މި އަހަރުގެ ޖޫން ހިސާބުގައި ހުރިހާ ރަށެއްގައި ވެސް އެމްބިއުލާންސް އޮންނާނެ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް މިއަދު މަޖިލީހުގައި ވިދާޅުވެއްޖެ އެވެ. މިނިސްޓަރު މިއަދު މަޖިލީހަށް ހާޒިރުކުރެވިފައި...

17 Mar 2021 | 06:25

މި އަހަރުގެ ޖޫން ހިސާބުގައި ހުރިހާ ރަށެއްގައި ވެސް އެމްބިއުލާންސް އޮންނާނެ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް މިއަދު މަޖިލީހުގައި ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިއަދު މަޖިލީހަށް ހާޒިރުކުރެވިފައި ވަނީ މަކުނުދޫ ދާއިރާގެ އެއްވެސް ރަށަކަށް ދެ ފަހަަރެއްގެ މަތިންވެސް އެމްބިއުލެންސްތައް ނުލިބުމުން އެކަމާ ގުޅޭގޮތުން ސުވާލު ކުރަން އެ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ހުށަހަޅުއްވައިގެނެވެ. އެހެންކަމުން ރައްރަށަށް އެމްބިއުލާންސް ދޫކުރުމުގެ އުސޫލާއި ގުޅޭގޮތުން ކުރި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ނަސީމް މިއަދު މަޖިލީހުގައި ވިދާޅުވީ ކުދި ރަަށްރަށަށް އެމްބިއުލާންސް އެކަށީގެންވާ ވަރަށް ފޯރު ނުކޮށްދެެވޭ ކަމަށެވެ.

އަދި ވަރަށް ގިނަ ފަހަރަށް ކުދިކުދި ރަށްރަަށަށް ބަލަން ޖެހޭ ވަރަށް ނުބެލި ހުންނަކަމަށާއި، ނަމަވެސް މިހާރު ހާއްސަ ގޮތެއްގައި  ކުދިކުދި ރަށްތަކަކީ އެކެހެރި ވެފައި އޮންނަ ރަށްތަކެއް ނޫން ކަމަށް ބަލާ އެ ރަށްރަަށަށް ދޭން ޖެހޭ ހިދުމަތްތައް އެހެނިހެން ރަށްރަށެކޭ ވެސް އެއްފަދައިން ދިނުމަށް މަސައްކަތް ކުރައްވާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މިފަހަރު މި އަންނަ އެމްބިއުލާންސް ޕްރޮގްރާމްގެ އެންމެ ކުރީގައި އޮންނާނީ މަކުނުދޫ ދާއިރާ ކަމަށްވެސް ނަސީމް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އެންމެ އަވަހަށް ވިޔަސް އެމްބިއުލާންސްތައް ލިބޭނެ ކަމަށް މިބެލެވެނީ އަންނަ މަހު ހިސާބުގައި ކަމަށެވެ. އަދި ހުރިހާ ރަަށަކަށް ވާ ވަރަަށް އެމްބިއުލާންސްތައް ގެންނަން ނިންމާފައިވާ ކަމަށާއި، އޭގެ ތެރޭގައި ރާއްޖޭގެ ސަރުކާރުން ގަންނަ އެމްބިއުލެންސްތަކާއި ޖަޕާން ސަރުކާރުގެ އެހީއާއި އެހެނިގެން ޕްރޮގްރާމްތަކުގެ ދަށުން ލިބިގެންދާ އެމްބިއުލާންސްތައް ވެސް ހިމެނޭ ކަމަށެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ މި އަހަރުގެ ޖޫން އަންނަންވާއިރަށް  ރާއްޖޭގެ ހުރިހާރަށެށްގައި ވެސް  އެމްބިއުލާންސް ލިބި ހިދުމަތް ފުރިހަމަ ގޮތުގަ ދެވިގެން ދާނެކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް