"ކަނބަލުންނަށް ނިސްބަތް ވާ ފަދަ ގޮތަކަށް ދެކެވުނު ވާހަކައަށް މަޢާފަށް އެދެން" އަނދުން ހުސައިން

ކަނބަލުންނަށް ނިސްބަތް ވާ ފަދަ ގޮތަކަށް ދެކެވުނު ވާހަކައަށް މަޢާފަށް އެދޭ ކަމަށް ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް (އަނދުން ހުސައިން) ވިދާޅުވެއްޖެ އެވެ. އަނދުން ހުސައިން ވިދާޅުވީ، ބަލަ...

17 Mar 2021 | 05:36

ކަނބަލުންނަށް ނިސްބަތް ވާ ފަދަ ގޮތަކަށް ދެކެވުނު ވާހަކައަށް މަޢާފަށް އެދޭ ކަމަށް ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް (އަނދުން ހުސައިން) ވިދާޅުވެއްޖެ އެވެ.

އަނދުން ހުސައިން ވިދާޅުވީ، ބަލައިނުގަނެވޭނެ ފަދަ ވާހަކައެއްކަން ގަބޫލުކުރާ ކަމަށާއި މިފަދަ ބަސްތަކަށް ސަމާލު އިތުރަށް ވާނެ ކަމަށެވެ.

https://twitter.com/AndhunHussain/status/1372045385208786945

މި މަހުގެ 15 ވަނަ ދުވަހު  މަޖިލީހުގެ ޖަލްސާގައި ކުރިއަށް ދިޔަ ބަހުސްގެ ތެރެއިން މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފަށް ނިސްބަތް ކޮށް އަނދުން ހުސައިން ވިދާޅުވީ، އާދަމް ޝަރީފް މަޖިލިހަށް ވަޑައިގަންނަވަނީ ޕެޑް ޖައްސަވައިގެން ކަމަށެވެ.

"އަޅުގަނޑުމެންނަށް ފެނޭ ކިތަންމެ ދުވަހަކު، އާދަމް ޝަރީފް ވަޑައިގަންނަވާ އިރު ފެޑް ޖައްސަވާފައި ހުންނަވާ ތަން. ފަހަތުން ތެމިފަ، ލޭ ތެމިފައި،" އަނދުން ހުސައިމް ވިދާޅުވި އެވެ.

މި މައްސަލައިގައި މީސްމީޑިޔާގައި އާއްމުންގެ ފާޑުކިޔުން އަނދުން ހުސައިން އަށް ވަރަށް ބޮޑަށް އަމާޒުވެފައި ވެއެވެ. އަދި ކަނބަލުންގެ ކިބައިން އޭނާ މަޢާފަށް އެދެން ޖެހޭނެ ކަމަށ ގިނަ ބަޔަކު ވަނީ ގޮވާލާފައެވެ.

މިކަމާ ގުޅިގެން އަނދުން ހުސައިން ވަނީ އަންހެނުންގެ ކިބައިން މަޢާފަށް އެދިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް