މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ކ. މާފުށި ޕޮލިސް ސްޓޭޝަނުން ބިޔަރު ދަޅުތަކެއް ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވާ ކަމަށް ފުލުހުން ބުނެފިއެވެ.
އެ ތަކެތި ފެނިފައިވަނީ ރޭ ދަންވަރު ފުލުހުން ރަށުތެރެ ޕެޓްރޯލް ކުރުމުގެ ތެރެއިން ކަމަށް ފުުލުހުން ބުނެފައި ވެއެވެ.
އެގޮތުން، ބަނދަރުމަތިން ފޮށިގަނޑެއް ސައިކަލަކަށް އަރުވައިގެން މީހަކު ދަނިކޮށް ފުލުހުން މަޑުކުރަން ބުނުމުން އޭނާ ސައިކަލު މަޑުނުކޮށް ގޮސް ގަސްތަކެއްގެ ތެރެއަށް އެ ފޮށިގަނޑު އެއްލައިލުމަށްފަހުވަނީ ފިލާފައެވެ. ފުލުހުން އެ ފޮށިގަނޑު ނަގައި ބަލައި ފާސްކުރިއިރު 24 ދަޅު ބިޔަރު ފެނިފައި ވާ ކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާއިރު، މި މައްސަލަ މާފުށި ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުން ގެންދާކަމަށް ފުލުހުން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް