ހިތްވަރާއެކު މަސައްކަތްކޮށް، ގައުމުތަކުގެ އެހީއާއިއެކު މިހާލަތުން އަރައިގަނެވޭނެ: ޝާހިދު

އަދުގެ ޙާލަތު ބަނަވެފައި، ކުރިއަށް ލަފާކުރެވިފައި އޮތީ ނުތަނަވަސްކަން އިހުސާސްވާ ދުވަސްތަކަކަށް ވީނަމަވެސް، ހިތްވަރާ އަޒުމާއެކު، ހިކުމަތްތެރިކަމާއެކު، އަދި އެކުވެރި ޤައުމުތަކުގެ އެހީއާއެކު ﷲގެ ހެޔޮ ރަ...

17 Mar 2020 | 18:59

އަދުގެ ޙާލަތު ބަނަވެފައި، ކުރިއަށް ލަފާކުރެވިފައި އޮތީ ނުތަނަވަސްކަން އިހުސާސްވާ ދުވަސްތަކަކަށް ވީނަމަވެސް، ހިތްވަރާ އަޒުމާއެކު، ހިކުމަތްތެރިކަމާއެކު، އަދި އެކުވެރި ޤައުމުތަކުގެ އެހީއާއެކު ﷲގެ ހެޔޮ ރަހުމަތްފުޅުން ދިވެހިން ކުރިންވެސް ސާބިތުކޮށްދީފައިވާ ފަދައިން މިޙާލަތު ބަދަލުކުރެވޭނެކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޝާހިދު މިހެން ވިދާޅުވީ ދުނިޔޭގައި މިހާރު ފެތުރެމުންދާ ކޮވިޑް-19 ރޯގާގެ ސަބަބުން ރާއްޖެއަށް ކުރާ އަސަރުތަކާ ބެހޭ ގޮތުން ސީ.އެން.ބީ.ސީ އަށް ދެއްވި އިންޓަވިއުއަކަށްފަހު ކުރެއްވި ޓްވީޓެއްގައެވެ. މި އިންޓަވިއުގަވެސް މިފަދަ މޭރުމަކުން މިނިސްޓަރު ޝާހިދު ވަނީ ވާހަކަފުޅު ދައްކަވާފައެވެ.

އިންޓަވިއުގައި މިނިސްޓަރު ވިދާޅުވީ ރޯގާއާއި، ރޯގާގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަނެވޭނީ އެންމެން އެކުގައި މަސައްކަތްކޮށްގެންކަމަށެވެ. ރާއްޖޭގެ އިޤްތިޞާދަށް ބޮޑު އާމްދަނީއެއް ހޯދާ ދާއިރާއަކަށް ފަތުރުވެރިކަމުގެ ސިނާޢަތުވާއިރު، ރާއްޖެއިން ކޮވިޑް-19 ޕޮޒިޓިވް ކޭސްއެއް ފެނުމުގެ މާކުރިންވެސް ރާއްޖޭގެ ފަތުރުވެރިކަމަށް އަސަރުކުރިކަމަށާއި، މިހާރުގެ އަންޒާދާތައް ދައްކާ ގޮތުން ފަތުރުވެރިކަމަށް 35 އިންސައްތައިގެ ދަށްވުމެއް އަންނާނެކަމަށެވެ.

https://twitter.com/abdulla_shahid/status/1239855896483614721

އަދި މިފަދައިން ކަންތައް ދިމާވެއްޖެނަމަ އޭގެ ސަބަބުން ދައުލަތުގެ އާމްދަނީއިން 446.6 ބިލިއަން ޑޮލަރާއި ގާތްކުރާ އަދަދަކަށް ގެއްލުން ވެދާނެކަމުގެ ބިރު އެބައޮތްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން ރާއްޖޭގެ ސިއްހީ ދާއިރާއަށް މި ދަނޑިވަޅުގައިވެސް އިތުރު އެހީތެރިކަން ބޭނުންވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް