ކޮރޯނާ ވައިރަސް އާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުގައިން ރައްޔިތުން ގޭގައި ތިބުމަށް ބާރު އެޅުމަށް ސަރުކާރު އޮފީސްތައް ބަންދު ކުރުމުން ރައީސް އޮފީހުގެ އަންޑާ ސެކްރެޓަރީ މުހައްމަދު މަބްރޫކް، އޭނާގެ އަމިއްލަ ވިޔަފާރި އަދި މަޝްހޫރު ކެފޭ، މެރާކީ ކޮފީ ރޯސްޓަ މިރޭ ބަންދުކޮށްފި އެވެ.
އެ ކެފޭއިން ބުނީ މިރޭ9:00 ފެށިގެން މުއްދަތެއް ނެތް ގޮތަށް ކެފޭ ބަންދުކޮށްފައިވާ ކަމަށެވެ. މިގޮތަށް ނިންމީ މިހާރު ހަލުވިކަމާއި އެކު ކޮރޯނާ ވައިރަސް ފެތުރެމުންދާތީ އާންމު ރައްޔިތުންގެ ރައްކާތެރި ކަމަށްޓަކައި ކަމަށެވެ.
އަދި މިކަމުން ކަސްޓަމަރުންނަށް ދިމާވާނެ ދަތިތަކަށްޓަކައި މައާފަށް އެދިފައިވެ އެެވެ. އަދި ބުނެފައިވަނީ ކޮންމެ އާންމު ރައްޔިތަކުވެސް ވައިރަސް ފެތުރުނަ ނުދިނުމަށް އެކަކު އަނެކަކަށް އެހީތެރިވެ އެއްބާރުލުން ދިނުމަށް އެދޭ ކަމަށެވެ.
https://twitter.com/merakicoffee/status/1239942119512354817
ޕޯސްޓަލް ބިލްޑިން ކައިރީގައި ހުންނަ މެރާކީ ކޮފީ ރޯސްޓަ އަކީ ޒުވާނުންގެ މެދުގައި ވަރަށް މަގުބޫލު ކެފޭއެކެވެ. އަދި އެއީ ރާއްޖޭގައި ހުޅުވި އެންމެ ފުރަތަމަ ކޮމާޝަލް ކޮފީ ރޯސްޓަ ވެސް މެ އެވެ.
މަބްރޫކް އަމިއްލަ ކެފޭ ބަންދުކޮށް ވިޔަފާރިވެރިންނަށް މިސާލު ދެއްކެވި އިރު މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ ސަރުކާރު ބަންދު ކުރީ ކޮފީތަކަށާއި ދަތުރު ދިއުމާއި މޫދަށް ގޮސް ހަދަންނޫން ކަމަށެވެ. އަދި އޭނާ އެދިވަޑައިގެންނަވަނީ އަމިއްލަ ވިޔަފާރިވެރިންވެސް ކުރެވޭނަމަ ވިިޔަފާރިތައް ބަންދު ކުރުން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް