ނަން ބޭނުން ނުކުރިޔަސް މިހާރު ރާއްޖެ މިއޮތީ "ލޮކް ޑައުން" އެއްގައި: އަލީ ވަހީދު

ސަރުކާރުން ނަން އިއުލާނު ނުކުރިޔަސް ރާއްޖެ މިވަގުތު މިއޮތީ "ލޮކް ޑައުން" އެއްގައި ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ. ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އަލީ ވަހީދު ވިދާޅުވީ މި...

17 Mar 2020 | 15:50

ސަރުކާރުން ނަން އިއުލާނު ނުކުރިޔަސް ރާއްޖެ މިވަގުތު މިއޮތީ "ލޮކް ޑައުން" އެއްގައި ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އަލީ ވަހީދު ވިދާޅުވީ މިއަދު ރާއްޖޭގެ އިގްތިސޯދާއި ހާއްސަކޮށް ޓޫރިޒަމް ދާއިރާގެ ހާލަތު މިއޮތީ ދުވަހަކުވެސް ނުދެކޭފަދަ ހާލަތެއްގައި ކަމަށެވެ. އެގޮތުން ރާއްޖޭގެ ޓޫރިޒަމް ދާއިރާއަށް މިދިޔަ47 އަހަރު ތެރޭގައި އެންމެ ބޮޑު ހީނަރުކަމެއް އައީ މި އަހަރު ކަމަށެވެ.

ކޮރޯނާ ވައިރަސް އާއި ގުޅިގެން މުޅި އިގްތިސޯދު ހަލާކުގެ ތެރެއަށް ވެއްޓިފައި މިދަނޑިވަޅުގައި ކުރާނެ އިތުރު ލޮކް ޑައުންއެއް ނެތް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ރާއްޖެ އަށް އެންމެ ބޮޑު އާމްދަނިއެއް ވަންނަ ޓޫރިޒަމް ދާއިރާ ދަށްވަމުން ގޮސް މިއަދު ބުކިންސްތައް ވަނީ1،600 އަށް ވެއްޓިފައި ކަމަށެވެ.

މި މަސް ފެށުން އިރު ރާއްޖޭގެ ބުކިންސް ހުރީ ދުވާލަކު5،000 މަތީގައި އެވެ. ވައިރަސް އާއި ގުޅިގެން އެހާވަރަށް ތިރިވާން ފެށީ ފެބްރުއަރީ މަހުން ފެށިގެންނެވެ.

އަލީ ވަހީދު ވިދާޅުވީ މުޅި ގައުމު ލޮކް ޑައުން ނުކުރި ނަމަވެސް ވައިރަސް އާއި ގުޅިގެން ރާއްޖެ އަންނާނެ ބަޔަކު މިހާރު ނެތް ކަމަށެވެ. އެކަމަކު ސަރުކާރުން މަސައްކަތް ކުރަމުން ދަނީ ރައްޔިތުންނަށް ދޭން ޖެހޭ ހުރިހާ އަސާސީ ހިދުމަތްތަކެއް ފުރިހަމަކޮށްދެވޭތޯ ކަމަށް ވިދާޅުވި އެވެ.

ކޮރޯނާ ވައިރަސް އާއި ގުޅިގެން ރާއްޖޭގެ ޓޫރިޒަމަށް ކުރަމުންދާ ނޭދެވޭ އަސަރާއި ގުޅޭގޮތުން ގެސްޓް ހައުސް އެސޯސިއޭޝަންގެ ރައީސް މޫސާ ނާސިހް ވިދާޅުވީ ވައިރަސް ފެތުރުނީންސުރެ ގެސްޓް ހައުސް ވިޔަފާރިތަކަށް ގެއްލުންވާން ފަށާފައިވާ ކަމަށެވެ. އަދި ބުކިންސްތައް ކެންސަލް ކުރުމުގެ ބަދަލުގައި ފަހުގެ ތާރީހަކަށް ބަދަލު ކުރުމަށް އެދުނަސް ގިނަ ޓޫރިސްޓުން ބުކިން ކެންސަލް ކުރާ ކަމަށެވެ.

މިދަނޑިވަޅުގައި އެޅޭނެ އެއްވެސް ފިޔަވަޅެއް ނެތް ކަމަށް އޭނާވެސް ވިދާޅުވި އެވެ.

ސަރުކާރުން ވަނީ ހަރަދުތައް ކުޑަކުރުމުގެ ގޮތުން ދައުލަތުގެ ބަޖެޓުން އެއް ބިލިއަން ރުފިޔާ ބާކީކޮށް، ސީޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ މުސާރައިން20 ޕަސެންޓު އުނިކުރަން ނިންމާފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް