ދެކުނު ކޮރެއާއިން ރާއްޖެއައި ދިވެއްސަކު އެކަހެރިކޮށް ކޯވިޑަށް ޓެސްކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީން ބުނެފިއެވެ.
މިގޮތުން އެ އޮތޯރިޓީން ބުނެފައިވަނީ ސައުތު ކޮރެއާއިން ރާއްޖެ އައި ދިވެއްސެއްގެ ފުށުން #ކޯވިޑް19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރުމުން، އެމީހާ އެކަހެރިކޮށް ބަހައްޓައިގެން އިތުރަށް މޮނިޓަރކޮށް، ޓެސްޓު ކުރުމުގެ މަސައްކަތަށް ފަރުކޮޅުފުއްޓަށް ވަނީ ގެންދެވިފައި ކަމަށެވެ.
ރާއްޖެއިންވެސް ކޯވިޑް-19 ފެނިފައިވާއިރު މި ވައިރަހަށް މިހާތަނަށް 13 މީހަކު މިވަނީ ޕޮޒިޓިވް ވެފައެވެ. ފަރުކޮޅުގައި އެކަހެރިކޮށްފައި 23 މީހަކު އެބަތިއްބެވެ. ހުޅުލޭ އައިލެންޑް ހޮޓެލްގައި 15 މީހަކު އައިސޮލޭޓް ކޮށްފައި އެބަތިއްބެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް