އއ. މަތިވެރީ ގެސްޓު ހައުސްއަކުން ކޮރޯނާ ވައިރަސްއަކަށް ޝައްކު ކުރެވިގެން ޓެސްޓު ކުރަން ނިންމާފައިވާ ދެ ކުދިންނާއި ގުޅުން ހުރި ހަ މީހަކު ކަރަންޓީން ކުރަން ނިންމައިފި އެވެ.
ރައީސް އޮފީހުގެ އަންޑާ ސެކްރެޓަރީ މުހައްމަދު މަބްރޫކް އަޒިޒް ވިދާޅުވީ އެ ހަ މީހުންނަކީ އެ ދެ ކުދިންގެ އާއިލާ މެންބަރުން ކަމަށެވެ. އަދި މިހާރު އެ އަށް މީހުން ފަރުކޮޅުފުށީ ކަރަންޓީން ފެސިލިޓިއަށް ބަދަލު ކޮށްފައިވާ ކަމަށެވެ.
އެ އެންމެންގެ ފަރާތުންވެސް ޝައްކު ކުރެވޭ އަލާމާތްތައް ފެންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
އެމީހުން ކަރަންޓީން ކުރުމަށް ފަހު މަތިވެރީގައި ގުޅުންހުރި މީހުން ހޯދުމުގެ މަސައްކަތް އެޗްޕީއޭއިން ދަނީ ކުރަމުންނެވެ. އެހެންވެ އަދި މަތިވެރި އޮތީ މޮނިޓަރިންގެ ހާލަތުގައި އެވެ.
މަތިވެރިއާއި އެކު އިއްޔެ މޮނިޓަރިންއަށް ގެނައި ލަނޑާ ގިރާވަރުން ވައިރަހަށް ޓެސްޓު ކުރި ދެ ޓޫރިސްޓުން ވަނީ ވައިރަހަށް ނެގެޓިވްވެފައި އެވެ. އެ ހެންވެ އެރަށް ވަނީ އާންމުކޮށް ހުޅުވާލާފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް