މެލޭޝިޔާ އާއި އިނގިރޭސިވިލާތުން ރާއްޖެއަށް މީހުން އައުން މަނާކޮށްފި އެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް އޮފީހުގެ އަންޑާ ސެކްރެޓަރީ މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ މެލޭޝިޔާއިން ރާއްޖެ މީހުން އައުން މަނާވާނީ މިއަދު ހަވީރު6:00 ން ފެށިގެން ކަމަށެވެ. އަދި އިނގިރޭސިވިލާތުން މީހުން އައުން މަނާވާނީ މިމަހުގެ19 ވަނަ ދުވަހުން ފެށިގެންނެވެ.
މިއީ ވަގުތީ ގޮތުން ކޮރޯނާ ވައިރަސް އާއި ގުޅިގެން އަޅާ ފިޔަވަޅެއް ކަމަށް އޭނާ ވިދާޅުވި އެވެ.
އެކަމަކު މި ގައުމުތަކުގައި ތިބި ދިވެހިން ރާއްޖެ އައުމަށް އެއްވެސް ހުރަހެއް ނެތް ކަމަށް މަބްރޫކް ވިދާޅުވީ އެވެ. އެކަމަކު އެ ގައުމުތަކުން ރާއްޖެ އަންނަ ދިވެހިން ސަރުކާރުން ކަނޑައަޅާ ކަރަންޓީން ފެސިލިޓިއެއްގައި14 ދުވަހުގެ މުއްދަތަށް ކަރަންޓީން ވާންޖެހޭނެ ކަމަށެވެ.
މީގެ ކުރިން ސަރުކާޜުން ވަނީ އިތުރު ގައުމުތަކަކުން މީހުން ރާއްޖެ އައުން މަނާކޮށްފައި އެވެ. އޭގެ ތެރޭގައި ހިމެނެނީ ސައުތް ކޮރެއާގެ ދެ ސަރަހައްދެއް، އީރާން، އިޓަލީ، ޗައިނާ، ސްޕެއިން، ޖަރުމަނު، ސައުތް އެފްރިކާގެ ދެ ސަރަހައްދެކެވެ.
މިހާތަނަށް ރާއްޖެއިން ކޮރޯނާ ވައިރަހަށް ޕޮސިޓިވްވެފައިވާ 13 މީހުންނަކީ ބިދޭސިންނެވެ. އޭގެ ތެރެއިން ނުވަ މީހުންނަކީ އިޓަލީ މީހުންނެވެ،
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް