ކޮރޯނާ ވައިރަސްއިން ގައުމުގެ އިގްތިސޯދަށް ކުރާ އަސަރު ކުރޑަކުރުމަށް ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ މުސާރަ ކުޑަ ކުރަން ސަރުކާރުން ނިންމައިފި އެވެ.
މިއަދު އޮތް ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ނިންމާފައިވަނީ ސިޔާސީ މަގާމުތަކުގައި ތިއްބެވި ހުރިހާ ބޭފުޅުންގެ މުސާރައިން20 ޕަސެންޓު އުނިކުރާށެވެ. ސިޔާސީ މަގާމުތަކުގެ ތެރޭގައި ސަރުކާރުގެ ކުންފުނިތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިސްވެރިންގެ މުސާރަވެސް20 ޕަސެންޓު ކުޑަކުރަން ނިންމި ކަމަށް ރައީސް އޮފީހުން ބުނެ އެވެ.
މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި، ކޯވިޑް-19 އާ ގުޅިގެން މިވަގުތު ސިޔާސީ މަޤާމުތަކުގެ މުސާރަ ކުޑަކުރުމާއި، ކުންފުނިތަކުގެ އެންމެ އިސް މަގާމުތަކުގެ މުސާރައާއި ޢިނާޔަތްތައް ކުޑަކުރުމަކީ، ވަރަށް މުހިންމު ކަމެއް ކަމަށް މެންބަރުން ފާހަގަކުރެއްވި ކަމަށް ރައީސް އޮފީހުން ބުނެ އެވެ. މި ނިންމުމާއި އެއްގޮތަށް މި މަހުގެ މުސާރައިން އެބައި އުނިވާނެ އެވެ.
މީގެ އިތުރުން މިއަދު ޖަލްސާގައި ވަނީ ދައުލަތުން މިއަހަރަށް ކަނޑައެޅި ބަޖެޓުން އެއް ބިލިއަން ރުފިޔާ ބާކީ ކުރުމަށް ނިންމާފައި އެވެ. އެގޮތަށް ހުށަހެޅުއްވީ މިމަުގެ 10 ވަނަ ދުވަހު ފިނޭންސް މިނިސްޓަރު އަބްދުﷲ އަމީރެވެ.
ބަޖެޓުން އެއް ބިލިއަން ރުފިޔާ އުނިކުރާއިރު ދައުލަތުން ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތްތަކަށް ކުރާ ހަރަދުތަކުން އެއްވެސް ބައެއް އުނި ނުކުރުމަށާއި އަދި ސިވިލް ސާވިސް މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކުން އެއްވެސް މިންވަރެއް އުނިނުކުރަން ވަނީ ނިންމާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް