ދައުލަތުގެ ބަޖެޓުން އެމްޑީޕީ އާއި ޖޭޕީއަށް ފައިސާ ދޫކުރަން ނިންމައިފި

ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ދޫކުރާ ފައިސާ ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީ އަށާއި ކޯލިޝަން ޕާޓްނަރު ޖުމްހޫރީ ޕާޓީއަށް ދޫކުރަން ނިންމައިފި އެވެ. ދައުލަތުގެ ބަޖެޓުން ފައިސާ ދޫކުރާނީ10،000 މެން...

17 Mar 2020 | 08:40

ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ދޫކުރާ ފައިސާ ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީ އަށާއި ކޯލިޝަން ޕާޓްނަރު ޖުމްހޫރީ ޕާޓީއަށް ދޫކުރަން ނިންމައިފި އެވެ.

ދައުލަތުގެ ބަޖެޓުން ފައިސާ ދޫކުރާނީ10،000 މެންބަރުން ހަމަވާ ސިޔާސީ ޕާޓީތަކަށެވެ. ފައިސާ ދޫކުރަން ޖެހެނީ 31 ޑިސެމްބަރު 2019 ގެ ނިޔަލަށް އެ އަދަދު ހަމަވާ ސިޔާސީ ޕާޓީތަކަށެވެ.

އެއީ އެމްޑީޕީ ޖޭޕީ އަދި އިދިކޮޅު ޕީޕީއެމް އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ އެމްޑީޕީ އާއި ޖޭޕީއަށް ފައިސާ ދޫކުރުމަށް އެދި މިއަދު ފިނޭންސް މިނިސްޓްރީއަށް ސިޓީ ފޮނުވާފައިވާ ކަމަށެވެ. އެ ކޮމިޝަނުން ބުނީ ޕީޕީއެމްއަށް ފައިސާ ފައިސާ ދިނުން ލަސްވަނީ، އެ ޕާޓީން އޮޑިޓް ރިޕޯޓް ހުށަހަޅާފައި ނުވާތީ ކަމަށެވެ.

މިމަހުގެ 31ގެ ކުރިން އެ ރިޕޯޓްތައް ހުށަހެޅުމުން އެ ޕާޓީ އަށް ވެސް ފައިސާ ދޫކުރާނެ އެވެ.

ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރަނީ އެ ޕާޓީއެއްގައި މެންބަރުން ތިބޭ އަދަދަށް ބަލައި ބޮލަކަށް 327.29 ރުފިޔާގެ މަގުންނެވެ.

ދައުލަތުގެ ބަޖެޓުން މި އަހަރު އެންމެ ގިނަ ފައިސާ ލިބެނީ އެމްޑީޕީ އަށެވެ. އެއީ  53،748 މެންބަރުންނަށް 17،612،793 ރުފިޔާ އެވެ.36،054 މެންބަރުން ތިބި ޕީޕީއެމްއަށް ލިބެނީ ޕާޓީއަށް 11،814،609 ރުފިޔާ އެވެ.

ޖޭޕީގައި ތިބީ12128 މެންބަރުންނެވެ. އެޕާޓީއަށް 3،974،249 ރުފިޔާ ލިބެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް