މަންތާ އެއާ އިން ގއ.ކޫއްޑޫ އަށް ކުރަމުންދިޔަ ދަތުރުތައް މާރިޗް 29 އިން ފެށިގެން ވަގުތީގޮތުން ހުއްޓާލާ، އެހެން މަންޒިލްތަކަށް ކުރާ ދަތުރުތައް މަދުކުރަން ނިންމައިފި އެވެ.
އެ އެއާލައިން އިން ރޭ ނެރުނު ބަޔާނެއްގައި ބުނީ މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަސް އާއި ގުޅިގެން އެ އެއާލައިންގެ ދަތުރުތަކުގެ ޑިމާންޑަށް އައިސްފައިވާ ބަދަލާއެކު، ކޫއްޑޫ އަށް ކުރަމުންދިޔަ ދަތުރުތައް ވަގުތީގޮތުން މެދުކަނޑަލާ، އެއާލައިންގެ ފްލައިޓް ޝެޑިއުލަށް ވަގުތީ ބަދަލުތަކެއް ގެންނަން ނިންމާފައިވާ ކަމަށެވެ.
މަންތާ އިން ބުނީ ކޮރޯނާ އާއެކު ޑޮމެސްޓިކް ދަތުރުތަކުގެ ޑިމާންޑު ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށާއި، ދަތުރުތައް ކެންސަލްވާ މިންވަރުވެސް ވަރަށްބޮޑަށް އިތުރުވަމުންދާ ކަމަށެވެ.
މަންތާ އިން ބުނީ އެ އެއާލައިނުގެ ދަތުރުތަކާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު އެއާލައިނުގެ ވެބްސައިޓުން ލިބޭނެ ކަމަށެވެ. މި ދަނޑުވަޅުގައި ޓިކެޓު ބަދަލު ކުރުމަށާއި ކެންސަލޭޝަން އަށް ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސާފައިވާނެކަންވެސް އެ އެއާލައިނުން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް