އިތުރު ސަފާރީއަކުން ދެ ޓޫރިސްޓަކު ކޯވިޑް-19 އަށް ޓެސްޓު ކުރަނީ

މައި ސްކައި ނަމަކަށް ކިޔާ ސަފާރިއެއްގައި ތިބި ދެ ޓޫރިސްޓަކު ކޮރޯނާ ވައިރަހަށް ޓެސްޓު ކުރަން ނިންމައިފި އެވެ. އެޗްޕީއޭއިން ބުނީ އެ ސަފާރީގައި ތިބި ދެމީހުންގެ ސާމްޕަލް ނަގައި ޓެސްޓު ކުރަން ނިންމީ ވައިރަ...

17 Mar 2020 | 08:15

މައި ސްކައި ނަމަކަށް ކިޔާ ސަފާރިއެއްގައި ތިބި ދެ ޓޫރިސްޓަކު ކޮރޯނާ ވައިރަހަށް ޓެސްޓު ކުރަން ނިންމައިފި އެވެ.

އެޗްޕީއޭއިން ބުނީ އެ ސަފާރީގައި ތިބި ދެމީހުންގެ ސާމްޕަލް ނަގައި ޓެސްޓު ކުރަން ނިންމީ ވައިރަހަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ފެންނާތީ ރިޕޯޓު ކުރުމުންނެވެ. ނަތީޖާ ލިބެންދެން ސަފާރީއަށް އަރާ ފޭބުން ވަނީ މަނާ ކޮށްފައި އެވެ.

ސަފާރީ މިހާރު އޮތީ ކޮން ސަރަހައްދެއްގައި ކަމެއް ނޭނގެ އެވެ

https://twitter.com/HPA_MV/status/1239826358924017664

މިދިޔަ އާދިއްތަ ދުވަހު ވަނީ އައިލެންޑް ސަފާރީ1 ގައި ހުރި ދެ ޓޫރިސްޓަކު ވައިރަހަށް ޕޮސިޓްވެފައި އެވެ. މިހާރު އެ ދެމީހުން ވަނީ ކަނޑުމަގުން އެމްއެންޑީއެފް އާއި ލ. ގަން ރީޖަނަލް ހޮސްޕިޓަލްގެ ސިއްހީ އޮފިޝަލުންނާއި އެކު ފަރުކޮޅުފުށީ ކަރަންޓީން ފެސިލިޓިއަށް ގެނެސްފައި އެވެ.

އަދި އެ ސަފާރީގައި ތިބި32 މީހުން ކަރަންޓީން ކުރުމަށް އެޗްޕީއޭއިން ވަނީ ނިންމާފައި އެވެ. އެއީ16 ޓޫރިސްޓުންނާއި16 ފަޅުވެރިންނެވެ.

މިހާތަނަށް ރާއްޖެއިން13 ޕޮސިޓިވް ކޭސް ފެނިފައިވާއިރު އެއީ ހުސް ބިދޭސީންނެވެ. އަދި އޭގެ ތެރެއިން ނުވަ މީހުންނަކީ އިޓަލީ މީހުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް