ކުޑަކުދިންގެ ހިޔާގެ ސީއިއޯއަކަށް މިނިސްޓަރު މަހުލޫފުގެ ދައްތަ މުއުމިނާ!

ކުޑަކުދިންގެ ހިޔާގެ ސީއީއޯއަކަށް ކުރީގެ ބްރޯޑްކާސްޓިން ކޮމިޝަނުގެ މެންބަރު މުއުމިނާ އާދަމް އައްޔަން ކުރައްވައިފި އެވެ. އޭނާ އަކީ ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފުގެ ދައްތަ އެވެ. ރައީސް އޮފީހުން ބުނީ އ...

17 Mar 2020 | 07:54

ކުޑަކުދިންގެ ހިޔާގެ ސީއީއޯއަކަށް ކުރީގެ ބްރޯޑްކާސްޓިން ކޮމިޝަނުގެ މެންބަރު މުއުމިނާ އާދަމް އައްޔަން ކުރައްވައިފި އެވެ.

އޭނާ އަކީ ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފުގެ ދައްތަ އެވެ. ރައީސް އޮފީހުން ބުނީ އޭނާ އެ މަގާމަށް އައްޔަން ކޮށްފައިވަނީ މިނިސްޓަރުގެ ނައިބު ފެންވަރުގައި ކަމަށެވެ.

މުއުމިނާ އާދަމް ވަނީ ސަރުކާރުން ދެއްވާ ހިތްވަރު ދިނުމުގެ ގައުމީ އިނާމު 2014 ވަނަ އަހަރު އަދި ރެހެންދި އެވޯޑު 2019 ވަނަ އަހަރު ހާސިލު ކުރައްވާފައެވެ.

ހިޔާގެ ސީއީއޯ އަކަށް މުއުމިނާ ހަމަޖެއްސެވީ، ކުރިން އެ މަގާމުގައި ހުންނެވި އަބްދުއްޝުކޫރު އަބްދުލް ހަކީމް އެ މަގާމުން އެކަހެރިކޮށް ބެހެއްޓުމަށް ފަހު އެވެ. މިދިޔަ ޖެނުއަރީ މަހު ޝުކޫރު ސަސްޕެންޑު ކުރީ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ތަހުގީގު ކުރާ މައްސަލައަކާ ގުޅިގެންނެވެ.

ފަހުން ޝުކޫރަށް ވަނީ ޖެންޑާ މިނިސްޓަރުގެ ނައިބުގެ މަގާމު ދެއްވާފައި އެވެ.

ކުޑަކުދިންގެ ހިޔާއަކީ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންގެ ތެރެއިން13 އަހަރާއި18 އަހަރާ ދެމެދުގެ ކުދިން ބައިތިއްބާ ތަނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް