ކޯވިޑް-19: އެމްޕީއެލްގެ 60 އަހަރުން މަތީގެ މުވައްޒަފުންނާއި މާބަނޑު މީހުންނަށް މުސާރައާ އެކު ޗުއްޓީ

ހަލުވިކަމާއެކު ފެތުރެމުންދާ ކޯވިޑް-19 މިހާރު ރާއްޖެއިން ވެސް ފެނިފައި ވުމުން،  މޯލްޑިވްސް ޕޯޓްސް ލިމިޑެޓް (އެމްޕީއެލް) ގެ މުވައްޒަފުންގެ ތެރެއިން 60 އަހަރުން މަތީގެ މުވައްޒަފުންނާއި މާބަނޑު އަންހެނުން...

17 Mar 2020 | 07:42

ހަލުވިކަމާއެކު ފެތުރެމުންދާ ކޯވިޑް-19 މިހާރު ރާއްޖެއިން ވެސް ފެނިފައި ވުމުން،  މޯލްޑިވްސް ޕޯޓްސް ލިމިޑެޓް (އެމްޕީއެލް) ގެ މުވައްޒަފުންގެ ތެރެއިން 60 އަހަރުން މަތީގެ މުވައްޒަފުންނާއި މާބަނޑު އަންހެނުންނަށް މުސާރަ ލިބޭ ގޮތަށް ޗުއްޓީއެއް ދީފި އެވެ.

އެމްޕީއެލުން ބުނީ އެ ކުންފުނީގެ 70 ވަރަކަށް މުވައްޒަފުންނަށް މި ބަދަލުގެ ސަބަބުން ލުއި ލިބޭނެ ކަމަށެވެ. މިގޮތަށް ހެދީ ކޯވިޑް-19 ގެ ނުރައްކާ އެންމެ ބޮޑީ އުމުރުން ދުވަސްވީ މީހުންނާއި މާބަނޑު މީހުންނަށް ކަމަށް ވާތީ ރައްކާތެރިކަން ދިނުމުގެ ބޭނުމުގައި ކަމަށް އެމްޕީއެލް އިން ބުނެއެވެ.

މާލެ އާއި އަތޮޅުތަކުގެ ޕޯޓްތަކާއި އެމްޕީއެލްގެ ބަސް ދަތުރުތަކުގައި އުޅޭ އެ ތަނުގެ މުވައްޒަފުންނަށް ވެސް މި ލުއި ލިބޭނެކަމަށް އެ ކުންފުނިން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް