ކޯވިޑް-19: ސަމާލުވޭ: ދިވެހިން އެންމެ ރައްކާތެރިވާން ޖެހޭނީ ކުރިޔަށް އޮތް ދެތިން ހަފްތާއަށް: ޑރ. ޝާން

ރާއްޖެއިން ފެނިފައިިވާ ނުރައްކާތެރި ކޮރޯނާ ވައިރަސް އާއި ގުޅިގެން ދިވެހިން އެންމެ ބޮޑަށް ސީރިއަސްވެ ތައްޔާރުވާން ޖެހޭނީ ކުރިޔަށް އޮތް ދެތިން ހަފްތާ ތެރޭގައި ކަމަށް ކަށީގެ ބަލިތަކާއި ބެހޭ ހާއްސަ ޑޮކްޓަ...

17 Mar 2020 | 07:05

ރާއްޖެއިން ފެނިފައިިވާ ނުރައްކާތެރި ކޮރޯނާ ވައިރަސް އާއި ގުޅިގެން ދިވެހިން އެންމެ ބޮޑަށް ސީރިއަސްވެ ތައްޔާރުވާން ޖެހޭނީ ކުރިޔަށް އޮތް ދެތިން ހަފްތާ ތެރޭގައި ކަމަށް ކަށީގެ ބަލިތަކާއި ބެހޭ ހާއްސަ ޑޮކްޓަރު ޔޫސުފް ޝާން ވިދާޅުވެއްޖެ އެވެ.

އޭނާ ފޭސްބުކްގައި ކުރައްވާފައި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ކުރިޔަށް އޮތް ދެ ތިން ހަފްތާއަކީ ވައިރަސް އެކި ސަރަހައްދުތަކަށް ފެތުރިފައިވާކަން އެނގެން ނަގާނެ މުއްދަތު ކަމަށެވެ. މިދިޔަ ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހުރި ރިސޯޓުތަކާއި ސަފާރީއަކުން ވަނީ ވައިރަހަށް ޓޫރިސްޓުން ޕޮސިޓިވްވެފައި އެވެ.

އެޗްޕީއޭއިން ވަނީ އެމީހުންނާއި ސިދާ ގުޅުން ހުރި އެންމެން ހޯދައި ޓެސްޓު ކުރުމުގެ މަސައްކަތް ކޮށްފައި އެވެ. އެކަމަކު ކުރެއްދޫ އައިލެންޑް ރިސޯޓު ފިޔަވާ ގުޅުންހުރި މީހުންނަށް ކޮރޯނާ ވައިރަސް ޖެހިފައެއް ނުވެ އެވެ.

ޑރ. ޝާން ވިދާޅުވީ އަމިއްލަ ފަރުދީ ޒިންމާ ނަގާ ވައިރަހުން ރައްކާތެރިވުމަށް އަމިއްލައަށް ފިޔަވަޅު އެޅުން މުހިންމު ކަމަށެވެ. އެގޮތުން ބޭރަށް ނުކުމެ ނޫޅުމަށާއި މީހުންނާއި އެހާ ގިނައިން މުއާމަލާތް ނުކުރުމުގެ އިތުރުން އެންމެން އެއްވެގެން ގިނަ ހަރަކާތްތައް ނުހިންގުމަށް އިލްތިމާސް ކުރެއްވި އެވެ.

އަދި ވިދާޅުވީ އެންމެ އިސްކަމެއް ދޭންވީ ސާފްތާހިރު ކަމަށް ކަމަށެވެ. ގިނަ ގިނައިން އަތް ދޮވެ، މޫނާއި ނޭފަތް އަދި ލޮލުގައި އަތް ނޫނގުޅުމަށް ޑރ. ޝާން އިލްތިމާސް ކުރެއްވި އެވެ.

ޑޑރ. ޝާން މިހެން ވިދާޅުވި އިރު އެޗްޕީއޭއިންވެސް ވަނީ ވައިރަސް ފެތުރުނަ ނުދިނުމަށް ކުރިޔަށް އޮތް ދެ ހަފްތާއަށް ވަރުގަދަ ފިޔަވަޅުތަކެއް އަޅާފައި އެވެ. އެގޮތުން ރިސޯޓުތަކުން މީހުން ދިރިއުޅޭ ރަށްރަށް ދަތުރު ކުރުން މަނާ ކުރުމާއި، ސިނަމާތަކާއި ސްކޫލްތަކާއި ޔުނިވާސިޓީ އަދި ކޮލެޖުތައް ބަންދު ކުރަން ވަނީ އަންގާފަ އެވެ.

އަދި މާލެ ސަރަހައްދުގެ އެއްވެސް ގެސްޓު ހައުސްއަކަށް ބިދޭސީން އެތެރެވުން މަނާކޮށްފައިވާއިރު ޓޫރިސްޓުން އައިސް ތިބޭ ރަށުން ބޭރަށް ކުރިޔަށް އޮތް ދެ ހަފްތާގައި ދިއުން ވަނީ މަނާކޮށްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް