ކޯވިޑް-19: މެޓް ގާލާ އިވެންޓް ފަސްކޮށްފި

މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޯވިޑް-19 އާއިގުޅިގެން މަޝްހޫރު ފެޝަން އިވެންޓް "މެޓް ގާލާ" ބާއްވާ ތާރީހް މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފިއެވެ. ކޮންޑެނާސްޓްގެ އެނާ ވިންޓޯ އިންތިޒާމް ކޮށްގެން ބާއްވ...

17 Mar 2020 | 06:43

މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޯވިޑް-19 އާއިގުޅިގެން މަޝްހޫރު ފެޝަން އިވެންޓް "މެޓް ގާލާ" ބާއްވާ ތާރީހް މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފިއެވެ.

ކޮންޑެނާސްޓްގެ އެނާ ވިންޓޯ އިންތިޒާމް ކޮށްގެން ބާއްވާ މި އިވެންޓަކީ މެޓްރޯޕޮލިޓަން މިއުޒިއަމް އޮފް އާޓްގެ ދަ ކޮސްޓިއުމް އިންސްޓިޓިއުޓްއަށް ހާއްސަކޮށްގެން، ގިނަ އަދަދެއްގެ ސެލެބްރިޓީން ބައިވެރިވެގެން ކުރިއަށް ގެންދާ މި އިވެންޓެކެވެ.

މި އިވެންޓަކީ 2005 ވަނަ އަހަރުން ފެށިގެން މެދު ކެނޑުމެއްނެތި ކޮންމެ އަހަރެއްގެ މޭ މަހުގެ ފުރަތަމަ ހޯމަ ދުވަހުގެ ކުރިއަށް ގެންދާ ހަރަކާތަކެވެ.

"އަބައުޓް ޓައިމް: ފެޝަން އެންޑް ޑިއުރޭޝަން" މި ޝިއާރުގެ ދަށުން ކުރިއަށް ގެންދިއުމަށް ރާވާފައިވާ މިއަހަރުގެ މެޓް ގާލާ އިވެންޓް އެންމެ ފުރަތަމަ ތާވަލުކުރީ މެއި 4 ވަނަ ދުވަހަށެވެ. މި އިވެންޓް ސްޕޮންސާ ކޮށްފައިވަނީ ލަގްޒަރީ ފެޝަން ބްރޭންޑެއް ކަމަށްވާ ލުއި ވިތާންއިންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް