ރާއްޖޭގައި ޗުއްޓީ ހޭދަ ކުރުމަށް އައިސް ތިބި އިޓަލީގެ ގިނަ ޓޫރިސްޓުން ޗުއްޓީގެ މުއްދަތު އިތުރުކޮށްގެން ރިސޯޓުތަކުގައި މަޑު ކުރަން ނިންމައިފި އެވެ.
މިހާޜު ރާއްޖެ އާއި އިޓަލީ އާއި ދެމެދު ވައިގެ ދަތުރުތައް ހުއްޓާލާފައިވާތީ ރާއްޖޭގައި ތިބި އިޓަލީ މީހުން ބަލާ އެ ގައުމުގެ ޗާޓާޑް ފްލައިޓުތައް އިޓަލީ ސަރުކާރުން ދަނީ ފޮނުވަމުންނެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް އޮފީހުގެ އަންޑާ ސެކްރެޓަރީ މުހައްމަދު މަބްރޫކް އަޒީޒު ވިދާޅުވީ އިއްޔެ އިޓަލީ މީހުން ބަލާ އައި ފްލައިޓުގައި208 އަށްވުރެ ގިނަ މީހުން ދާން ހަމަޖެހިފައި އޮތް ކަމަށެވެ. އެކަމަކު އެ ފްލައިޓުން ފުރީ109 މީހުންނާއި ކުޑަ ކުއްޖެ ކަމަށެވެ.
ދެން ތިބި މީހުން ނިންމީ ރިސޯޓުތ ނުވަތަ ގެސްޓު ހައުސްތަކުގައި ޗުއްޓީގެ މުއްދަތު އިތުރުކޮށްގެން މަޑު ކުރާށެވެ. އޭނާ ވިދާޅުވީ އެކަމަށް އެއްވެސް ހުރަހެއް ނެތް ކަމަށެވެ.
ޗުއްޓީގެ މުއްދަތު އިތުރު ކުރަން ނިންމި މީހުންގެ ތެރޭގައި ކޮރޯނާ ވައިރަހަށް ޝައްކު ކުރެވިގެން ޓެސްޓު ހަދައި ނެގެޓިވްވި މީހުންނާއި ރާއްޖޭގައި ޗުއްޓީ ހޭދަ ކުރުމަށް އައިސް ރޫމް އައިސޮލޭޝަންގައި މަޑު ކުރަން ޖެހނު މީހުން ހިމެނެ އެވެ. އިޓަލީ އަކީ ދެވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން ރާއްޖެ އަންނަ ގައުމެވެ.
ރާއްޖެއަށް އެންމެ ފުރަތަމަ ކޮރޯނާ ވައިރަސް ފެތުރުނީ އިޓަލީ މީހެއްގެ ފަރާތުންނެވެ. އަދި މިހާތަނަށް ރާއްޖެއިން ޕޮސިޓިވްވި ގިނަ މީހުންނަކީވެސް އިޓަލީ މީހުންނެވެ.
ރާއްޖެއިން13 މީހަކު ބައްޔަށް ޕޮސިޓިވްވެފައިވާއިރު ނުވަ މީހުންނަކީ އިޓަލީ މީހުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް