މާލޭ ގޭގޭގެ ކުލި ބައެއް މީހުން ކުޑަ ކޮށްދޭން ފަށައިފި

ކޮރޮނާ ވައިރަސް އާއި ގުޅިގެން ދިމާވާނެ އިގްތިސޯދީ ގޮންޖެހުންތަކާއި ގުޅިގެން އާންމު ރައްޔިތުންނަށް އެކަމުން ލިބޭނެ ގެއްލުމަށް އެހީތެރިވުމަށް މާލޭގައި ގޭގެ ކުއްޔަށް ދީގެން އުޅޭ ބައެއް މީހުން އެޕާޓްމަންޓ...

17 Mar 2020 | 02:35

ކޮރޮނާ ވައިރަސް އާއި ގުޅިގެން ދިމާވާނެ އިގްތިސޯދީ ގޮންޖެހުންތަކާއި ގުޅިގެން އާންމު ރައްޔިތުންނަށް އެކަމުން ލިބޭނެ ގެއްލުމަށް އެހީތެރިވުމަށް މާލޭގައި ގޭގެ ކުއްޔަށް ދީގެން އުޅޭ ބައެއް މީހުން އެޕާޓްމަންޓުތަކުގެ ކުލި ކުޑަކޮށްދޭން ފަށައިފި އެވެ.

ކުލި ކުޑަކޮށްދޭން ނިންމާ އެކަން ސޯޝަލް މީޑިއާގައި ހާމަ ކުރަމުންދާ މީހުން އަންނަނީ އިތުރު ވަމުންނެވެ.

އޭގެެ ތެރެއިން އެކަކީ ޖުމްހޫރީ ޕާޓީގެ ކައުންސިލް މެންބަރު މުހައްމަދު ގާސިމް އެވެެ. އޭނާ ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ އޭނާ ކުއްޔަށް ދީގެން އުޅޭ ހުރިހާ ތަނެއްގެ ކުލި ކުޑަކޮށްފައިވާ ކަމަށެވެ. އަދި އެކަން ކުއްޔަށް ހިފައިގެން އުޅޭ މީހުންނަށް މިހާޜު އަންގާފައިވާނެ ކަމަށް ބުނެފައިވެ އެވެ.

ސައީދު ނިންމީ ކުއްޔަށް ދީފައިވާ އޭނާގެ ދެ އެޕާޓްމެންޓުން 25 ޕަސެންޓް ހެޔޮ ކުރާށެވެ. ކުރިން 14،000ރ. އަށް ދޭ ދެ އެޕާޓްމެންޓުުގެ އަގު 10،500ރ. ތިރި ކުރީ އެވެ.

https://twitter.com/saeedBOKI/status/1239567439618138117

ސޯޝަލް މީޑީއާގައި ދެން ކުލި ކުޑަކުރިކަން ހާމަ ކުރެއްވީ އަލީ އަބްދުލް ކަރީމް (ރުކުމާ) އެވެ. އޭނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މާލޭ ރައްޔިތެއް ކަމަމު އޭނާވެސް ދިރިއުޅެނީ ކުއްޔަށް ކަމަށެވެ. އޭކަމަކު އޭނާ ކުއްޔަށޤ ދީފައި ހުންނަ ތަންތަނުގެ ކުލި ކުޑަކޮށްފައިވާ ކަމަށެވެ.

އިތުރަށް ވަނީ އެހެން މީހުން ރައްޔިތުންނަށް ޓަކައި ކުލި ކުޑަކޮށްދޭނީ ކޮން އިރަކުތޯ ސުވާލު ކުރައްވާފަ އެވެ.

https://twitter.com/RukumaAli/status/1239589783975784448

ސޯޝަލް މީޑިއާގައި މިގޮތަށް ހިޔާލުފާޅު ކުރަމުންދާ ގިނަ މީހުން ވަނީ ގޭގޭގެ ވެރިންގެ ކިބައިން ކުލި ކުޑަކޮށްދިނުމަށް އެދެން ފަށާފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް