ވިލިވަރުގައި ކަރަންޓީން ކުރި ފުރަތަމަ ކުއްޖާއަށް ހިލޭ ޗުއްޓީ ދަތުރެއް

ކޮރޯނާ ވައިރަސްގެ އަލާމާތްތަކެއް ހުރެގެން ވަން އެންޑް އޮންލީ ރީތި ރަށް ރިސޯޓުގައި އާއިލާ އާއި އެކު ޗުއްޓީ ހޭދަ ކުރަމުންދިޔަ ކުޑަކުއްޖަކާ އަކީ ފުރަތަމަ ވިލިވަރުގައި ގާއިމްކޮށްފައިވާ ކަރަންޓީން ފެސިލިޓީ...

17 Mar 2020 | 02:15

ކޮރޯނާ ވައިރަސްގެ އަލާމާތްތަކެއް ހުރެގެން ވަން އެންޑް އޮންލީ ރީތި ރަށް ރިސޯޓުގައި އާއިލާ އާއި އެކު ޗުއްޓީ ހޭދަ ކުރަމުންދިޔަ ކުޑަކުއްޖަކާ އަކީ ފުރަތަމަ ވިލިވަރުގައި ގާއިމްކޮށްފައިވާ ކަރަންޓީން ފެސިލިޓީއަށް ގެންދިޔަ ކުށަ ކުއްޖާ އެވެ.

ބައްޔަށް އޭނާ ނެގެޓިވް ވުމުން އެ ރަށާއި އެ ކުއްޖާ ކަރަންޓީނުން ވީއްލުމުން އިއްޔެ ވަނީ ފުރައިގެން ގޮސްފަ އެވެ. އެއީ އިޓަލީގެ އާއިލާ އެކެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ އާއިލާ ފުރައިގެން ދިއުމުގެ ކުރިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އެމީހުންނާއި ބައްދަލުކުރެއްވި އެވެ. އަދި އާއިލާއަށް އަންނަ އަހަރު ރާޢްޖޭގައި ޗުއްޓީ ހޭދަ ކުރުމަށް އައުމަށް ދައުވަތު ދެއްވި އެވެ.

https://twitter.com/MoTmv/status/1239528544985681922

މި ފުރުސަތުގައި އެމީހުން ރާއްޖެ އަންނަން ބޭނުންވާ ކޮންމެ ދުވަހަކު އަދި ބޭނުން ކޮންމެ ރިސޯޓަކުން ޗުއްޓީ ހަމަޖައްސައިދޭނެ އެވެ.

ފުރުމުގެ ކުރިން ހަދިޔާއެއްގެ ގޮތުގައި ހާއްސަ މެސެޖެއް ލިޔެފައިވާ ކުޑަކުޑަ ބޮއްކުރާއެއް ދިނެވެ.

އެމީހުން ފުރީ އިޓަލީ މީހުން ބަލާ ރާއްޖެ އައި އެ ގައުމުގެ ޗާޓާ ފްލައިޓެއްގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް