ކޯވިޑް-19 ގެ އަލާމާތްތައް ފެނިގެން، އަނަންތަރަ ކިހާވައް ރިސޯޓުން ބިދޭސީއަކު އެކަހެރިކޮށްފިއެވެ.
އެއީ ފަތުރުވެރިއެއްކަން ނުވަތަ އެ ރިސޯޓްގެ މުވައްޒަފެއްކަން އެޗްޕީއޭއިން ބުނެފައެއް ނުވެވެ. އެޗްޕީއޭއިން ބުނެފައިވަނީ ބިދޭސީ އެމީހާ މިހާރު އެކަހެރިކޮށްފައިވާކަމަށާއި ސާމްޕަލް ނެގޭނެ ކަމަށެވެ. އަދި އެ ރިސޯޓް މިހާރު އެ އޮތީ މޮނީޓަރިންގެ ހާލަތުގައި ކަމަށެވެ.
މިކަން މިމަގުން ހިނގަމުން އަންނައިރު ކޯވިޑާ ގުޅިގެން މާލޭގައި ހަދާފައިވާ ޓްރެވަލް ކްލިނިކަށް ދެއްކި ދިވެއްސަކުވެސް ޓެސްޓްކޮށްފައިވާކަން އެޗްޕީއޭއިން މިރޭ ހާމަކޮށްފައިވެއެވެ.
ރާއްޖެއިން މިހާތަނަށް ކޯވިޑަށް 13 މީހަކު ޕޮޒިޓިވް ވެފައިވާއިރު ވިލިވަރު ކަރަންޓީނުގައި 11 މީހަކު، ފަރުކޮޅު އައިސޮލޭޝަންގައި 14 މީހަކު އެބަތިއްބެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް