ކޯވިޑް-19ގެ ހާލަތާއި ގުޅިގެން ހަދާފައިވާ ޓްރެވަލް ކްލިނިކަށް ދެއްކި ދިވެއްސަކު އެ ވައިރަހަށް ޓެސްޓް ކުރުމުގެ މަސައްކަތް ފަށައިފިއެވެ.
އެގޮތުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފައިވަނީ ކޯވިޑް19 އަށް ޝައްކު ކުރެވޭ އަލާމާތްތައްހުރެގެން، ޓްރެވަލް ކްލިނިކަށް ޑޮކްޓަރަށް ދައްކަން ދިޔަ ދިވެއްސެއްގެ ސާމްޕަލް ނަގައި، ޓެސްޓް ކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށެވެ.
"އެމީހާ އެކަހެރިކޮށް ބަހައްޓައިގެން އިތުރަށް މޮނީޓަރކޮށް، ޓެސްޓް ކުރުމުގެ މަސައްކަތަށް ފަރުކޮޅުފުއްޓަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދަނީ" އެޗްޕީއޭއިން ބުނެފައިވެއެވެ.
ޓްރެވަލް ކުލިނިކު ގާއިމްކޮށްފައިވަނީ މާލެ، ސިނަމާލެ 2، ފުރަގަހުގައެވެ. ރޯގާގެ އަލާމާތެއް ހުރި އަދި ވޭތުވެދިޔަ 10 ދުވަހުގެ ތެރޭގައި ރާއްޖެއިން ބޭރަށް ދަތުރުކޮށްފައިވާ ފަރާތްތައް އަދި އެ ފަރާތްތަކާއި އެކު ދިރިއުޅޭ ފަރާތްތައް އެ ކްލިނިކަށް ދެއްކުމަށް އެޗްޕީއޭއިން އިލްތިމާސް ކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް