ރާއްޖެ ޓީވީގެ ނޫސްވެރިން ދޫކޮށްލުމަށް ސީޕީޖޭއިން ގޮވާލައިފި

ރޭ ހައްޔަރު ކުރި ރާއްޖެ ޓީވީގެ ތިން ނޫސްވެރިން ވަގުތުން މިނިވަން ކުރުމަށް ކޮމިޓީ ޓު ޕްރޮޓެކްޓް ޖާނަލިސްޓް (ސީޕީޖޭ) އިން ގޮވާލައިފި އެވެ. ހައްޔަރު ކޮށްފައިވަނީ އެ ސްޓޭޝަންގެ ޕްރޮގްރާމް ހެޑު އާމިރު ސަލީ...

17 Mar 2018 | 07:17

ރޭ ހައްޔަރު ކުރި ރާއްޖެ ޓީވީގެ ތިން ނޫސްވެރިން ވަގުތުން މިނިވަން ކުރުމަށް ކޮމިޓީ ޓު ޕްރޮޓެކްޓް ޖާނަލިސްޓް (ސީޕީޖޭ) އިން ގޮވާލައިފި އެވެ.

ހައްޔަރު ކޮށްފައިވަނީ އެ ސްޓޭޝަންގެ ޕްރޮގްރާމް ހެޑު އާމިރު ސަލީމް އާއި ދެ ނޫސްވެރިން ކަމަށްވާ މުހައްމަދު ވިސާމް އާއި މުހައްމަދު ފަޒީން އެވެ. އޭގެ ތެރެއިން އާމިރު ހައްޔަރު ކުރީ ރާއްޖެ ޓީވީ ދޮރުމަތީ ހުއްޓައެވެ. ވިސާމް އާއި ފަޒީން ހައްޔަރު ކުރީ މަގުމަތިންނެވެ.

ތިން މީހުންވެސް ހައްޔަރު ކުރީ ކޯޓު އަމުރެއްގެ ދަށުންނެވެ.

އެ މީހުން ހައްޔަރު ކުރުމާއި ގުޅިގެން ސީޕީޖޭއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހިޔާލު ފާޅު ކުރުމުގެ މިނިވަންކަން ނޫސްވެރިންނަށް ދޭން ފުލުހުންނަށް ގޮވާލާ ކަމަށެވެ. ބައެއް ރިޕޯޓުތަކާއި ހަވާލާދީ އެ ބަޔާނުގައި ބުނެފައިވަނީ އެ ތިން މީހުން ހައްޔަރު ކުރީ ފުލުހުންކަމަށް ބުނެ ޔޫޓިއުބްގައި އާންމުވެފައިވާ ވީޑިއޯ އާއި އެމީހުންނާއި ގުޅުމެއް ވާކަމަށް ބުނެ ކަމަށެވެ.

ހަމަ އެގޮތަށް ދިވެހި ބައެއް ނޫސްތަކުގައިވެސް ރިޕޯޓުކޮށްފައިވެ އެވެ.

މިކަމާ ގުޅޭގޮތުން ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން މިއަދު ވިދާޅުވީ އެ ތިން ނޫސްވެރިން ހައްޔަރު ކުރީ ތަހުގީގު ކުރަމުންދާ މައްސަލަ އަކާއި ގުޅިގެން ކަމަށެވެ. އަދި އިތުރު ތަފްސީލް ހާމަ ކުރެވެން ނެތް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް