އިރުފާން ހާންއަށް ޖެހިފައިވާ ބަލި ހާމަކޮށްފި

ބޮލީވުޑްގެ އެކްޓަރު އިރްފާން ހާން އަށް އާންމު ނޫން ކެންސަރުގެ ބައްޔެއް ޖެހިފައިވާ ކަމަށް އޭނާ ބުނެފި އެވެ. އުމުރުން 51 އަހަރުގެ އިރްފާންއަށް ކެންސަރު ޖެހިފައިވަނީ ބަނޑަށެވެ. އެ ބައްޔަށް ކިޔަނީ ނިއުރޯއ...

17 Mar 2018 | 02:52

ބޮލީވުޑްގެ އެކްޓަރު އިރްފާން ހާން އަށް އާންމު ނޫން ކެންސަރުގެ ބައްޔެއް ޖެހިފައިވާ ކަމަށް އޭނާ ބުނެފި އެވެ.

އުމުރުން 51 އަހަރުގެ އިރްފާންއަށް ކެންސަރު ޖެހިފައިވަނީ ބަނޑަށެވެ. އެ ބައްޔަށް ކިޔަނީ ނިއުރޯއެންޑޮކްރައިން ޓިއުމާ (ނެޓްސް) އެވެ. އެކަން ހާމަކުރީ އިރުފާން އިއްޔެ ޓުވިޓާ މެދުވެރިކޮށް ނެރުނު ބަޔާނެއްގައި އެވެ.

ހޮލީވުޑާއި ބޮލީވުޑްގައި މަސައްކަތް ކުރާ އިރުފާން ބުނީ އެ ބައްޔަށް ފަރުވާ ހޯދުމަށް ވަރަށް އަވަހަށް ގައުމުން ބޭރަށް ދާނެ ކަމަށެވެ. އަދި ބޭނުންވަނީ އެންމެންގެ ދުއާ ކަމަށް ބުނެފަިއވެ އެވެ. އިރުފާންގެ އަންހެނުން ސުތާޕާ ސިދްކަރް ވަނީ އިރުފާނު ދައްކަމުންދާ ހިތްވަރަށް ސާބަސްދީ އާއިލާ އޭނާ އާއި އެކު ވާކަން ހާމަކޮށްދީފަ އެވެ.

އިރުފާންގެ ބަލީގެ ތަފްސީލް ހާމަ ކުރި ނަމަވެސް އޭނާގެ ހާލަތާއި ގުޅޭގޮތުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ. އާންމު ނޫން ބައްޔެއް ޖެހިފައިވާކަން އޭނާ ހާމަ ކުރީ މިމަހުގެ ފަސް ވަނަ ދުވަހު އެވެ.

އިރުފާންގެ ބަލި ހާލަތު ހުރިގޮތުން މިހާރު އޭނާ ސޮއި ކޮށްފައިވާ ބައެއް ފިލްމުތަކުގެ ޝޫޓިންތައް ވަނީ މަޑު ޖައްސާލާފައި އެވެ. އޭގެ ތެރޭގައި ދިޕިކާ ޕަދުކޯން އާއި އެކު ކުޅުމަށް ހަމަޖެހިފައިވާ ފިލްމެއް ހިމެނެ އެވެ.

އިރުފާން ދެން އެންމެ އަވަހަށް ފެނިގެންދާނީ އަންނަ މަހުގެ ހަ ވަނަ ދުވަހު ރިލީޒް ކުރާ "ބްލެކްމެއިލް" އިންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް