އިއްޔެ ރޭ ގދ. ގައްދޫގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި މީހަކު މަރުވި މައްސަލައިގަ އެކްސިޑެންޓުވި ސައިކަލު ދުއްވަން އިން މީހާ ހައްޔަރު ކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައްސަލައިގަ ހައްޔަރު ކުރީ އުމުރުން 20 އަހަރުގެ ފިރިހެނެކެވެ. ހައްޔަރު ކުރި މީހާގެ އިތުރު ތަފްސީލް ފުލުހުން ދީފަ އެއް ނުވެ އެވެ.
މި އެކްސިޑެންޓުގައި މަރުވެފައިވަނީ ގައްދޫ ހަނދުވަރީގޭ މުހައްމަދު ގާހިރު 80، އެވެ. ސައިކަލު އޭނާ ގައިގަ ޖެހުނީ ނަމާދަށް ދަމުން މަގު ހުރަސް ކުރަނިކޮށް ކަމަށްވެ އެވެ. އޭނާ މަރުވީ އެކްސިޑެންޓުގައި ލިބުނު އަނިޔާތަކަށް ގދ. ތިނަދޫ އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ.
މި އެކްސިޑެންޓުގައި ގާހިރުގެ ބޮލުގެ ނާށިގަނޑު ފަޅައިގެން ގޮސް ބޮޑެތި ޒަހަމްތައް ލިބިފައިވެ އެވެ. އަދި ސައިކަލުގައި ތިބި ދެމީހުންނަށްވެސް އަނިޔާވެފައިވެ އެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް