މިއަދު އިތުރު 6،171 މީހުންނަށް ކޯވިޑް-19 ވެކްސިން ދީފި އެވެ.
އެޗްޕީއޭއިން މިއަދު އާންމު ކުރި ތަފާސް ހިސާބު ދައްކާގޮތުން މިއަދު މާލޭގައި 4،310 މީހުންނަށް ވެކްސިން ދީފައިވެ އެވެ. އަތޮޅު ތެރޭގައި 1،861 މީހަކަށް ވެކްސިން ދީފައިވެ އެވެ.
މިއަދު ރިސޯޓުތަކުގައި ވެކްސިން ދީފައެއް ނުވެ އެވެ.
މިހާތަނަށް ވެކްސިން ޖެހި މީހުންގެ އަދަދަށް ބަލާއިރު ޖުމްލަ 56،218 މީހަކަށް ރާއްޖޭގައި ކޯވިޑް ވެކްސިން ދީފައިވެ އެވެ. އޭގެ ތެރެއިން 43،838 މީހުންނަށް ވެކްސިން ދީފައިވަނީ މާލޭގައި އެވެ. އަތޮޅު ތެރޭގައި ވެކްސިން ދީފައިވަނީ 12،380 މީހުންނަށެވެ.
މިއަދުގެ ނިޔަލަށް މާލޭގައި ނުވަ ސެންޓަރެއްގައި ވެކްސިން ދީފައިވެ އެވެ. އަތޮޅު ތެރޭގައި ކޯވިޑް ވެކްސިން ދީފައިވަނީ 66 ސެންޓަރެއްގައި އެވެ.
ކޯވިޑް-19 ވެކްސިން ދޭން ފެށީ މިމަހުގެ އެއް ވަނަ ދުވަހު އެވެ. ރާއްޖޭގައި އަދި ބޭނުން ކުރަމުންދަނީ އިންޑިއާއިން ހަދިޔާ ކުރި 100،000 ޑޯޒުގެ ކޮވިޝީލްޑް ވެކްސިނެވެ.
މި ވެކްސިން ބޭނުން ކުރުމުގެ ހުއްދަ ޑަބްލިއުއެޗްއޯއިން ވަނީ ދީފައި އެވެ. މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން މި ވެކްސިންއަށް ހުއްދަ ދިނީ މިދިޔަ މަހުގެ 26 ވަނަ ދުވަހު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް