ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފްގެ "ބިލްޑެޑް ބޮޑީ" އާންމުކޮށް ދައްކާލައިފިއެވެ.
މި ފޮޓޯ އޭނާގެ ރަސްމީ ސޯޝަލް މީޑިއާ އެކައުންޓްގައި ދައްކާލާފައިވަނީ ވަރުގަދަ ހަރުބަހަކާ އެކީގައެވެ.
"ޑޯންޓް ޓޯކް، ޖަސްޓް އެކްޓް" މި މޭރުމުން ފަށާފައިވާ މި ހަރުބަހާއެކު މަހްލޫފް އާންމުކުރި ފޮޓޯއިން ފެންނަނީ ގެރިއެއްގެ ބޯ ޖެހި، ފެހި ކުލައިގެ "އަތްކެނޑި"އެއްގައި ދެ އަތުން ދެ ބަރު ހިފައިގެން ހުރި މަންޒަރެވެ.
މަހްލޫފްގެ މި ފޮޓޯއަށް މަދު ވަގުތުކޮޅެއްގެ ތެރޭގައި ބޮޑު މަގްބޫލުކަމެއްވެސް ވަނީ ލިބިގެން ގޮސްފައެވެ. އެގޮތުން ފޭސްބުކުގައި މި ފޮޓޯއަށް އެންމެ 20 މިނެޓުގެ ތެރޭގައި 250 އަށްވުރެ ގިނަ ލައިކާ، ކޮމެންޓް އަދި ޝެއަރސް ލިބިފައިވެއެވެ.
https://twitter.com/AhmedMahloof/status/1362067929748045831
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް