ލަންކާގެ މި ދެމީހުންނަކީ މިދިޔަ މަހުން ފެށިގެން ކަނޑުމައްޗަށް ބެހިފައިވާ ދެމީހުން؛ ފުލުހުން

ފަޅު ރަށެއްގައި މަރުވެފައި އޮއްވާ ފެނުނު ލަންކާ މީހާއާއި ކަނޑުމަތިން ޑިންގީއެއްގައި ފެނުނު ލަންކާގެ މީއާއަކީ މިދިޔަ މަހުން ފެށިގެން ކަނޑުމައްޗަށް ބެހިފައިވާ ދެމީހުން ކަމުގައި ފުލުހުން ބުނެފިއެވެ. މީޑި...

17 Feb 2021 | 15:16

ފަޅު ރަށެއްގައި މަރުވެފައި އޮއްވާ ފެނުނު ލަންކާ މީހާއާއި ކަނޑުމަތިން ޑިންގީއެއްގައި ފެނުނު ލަންކާގެ މީއާއަކީ މިދިޔަ މަހުން ފެށިގެން ކަނޑުމައްޗަށް ބެހިފައިވާ ދެމީހުން ކަމުގައި ފުލުހުން ބުނެފިއެވެ.

މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވަނީ މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، ވ. އަންބަރާ ބޭރުން ޑިންގީއެއްގައި ފެނުނު މީހާއާއި ވ. ފޮއްތެޔޮ ބޮޑުފުށިން ފެނުނު މީހާއަކީ މި އަހަރުގެ ޖަނަވަރީ މަހުގެ 30 ވަނަ ދުވަހު ލަންކާއިން މަސްވެރިކަމަށް ނިކުމެ އުޅެނިކޮށް ބެހިގެން މިހިސާބަށް އައި ބައެއްކަން އެނގިފައިވާކަމަށެވެ.

"މި މައްސަލައިގާ އިތުރަށް ސާފުކުރަންޖެހޭ މައުލޫމާތު ކަމާ ގުޅުންހުރި ރަސްމީ އިދާރާތައް މެދުވެރިކޮށް މި ގެންދަނީ ސާފުކުރަމުން" ފުލުހުން ބުނެފައިވެއެވެ.

ތަފްސީލް އަންނަނީ....

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް