ރޯދައަށް ތައްޔާރުވުން -2- ސުންނަތް ރޯދަތައް ހިފުމުގެ މާތްކަން އެނގުން މުހިންމު

ما من عبد يصوم يوما في سبيل الله إلا باعد الله بذلك اليوم وجهه عن النار سبعين خريفا އަބޫ ސަޢީދުލް ޚުދުރީގެ ކިބައިން ރިވާވެފައިވެއެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. މާނަ: "(އެ...

17 Feb 2021 | 15:02

ما من عبد يصوم يوما في سبيل الله إلا باعد الله بذلك اليوم وجهه عن النار سبعين خريفا

އަބޫ ސަޢީދުލް ޚުދުރީގެ ކިބައިން ރިވާވެފައިވެއެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ.

މާނަ: "(އެއްވެސް އަޅަކު ﷲގެ މަގުގައި އެކަލާނގެއަށްޓަކައި އެއް ދުވަހު ރޯދައަށްހުރިނަމަ، އެދުވަހުގެ ރޯދަ އަށްޓަކައި، ނަރަކައިގެ އަލިފާން އޭނާގެ މޫނާ ހަތްދިހަ އަހަރުގެ ރާސްތާއަކަށް ދުރުކުރައްވާ ހުއްޓެވެ.)"

قال الله عز و جل: كل عمل ابن آدم له إلا الصيام، فإنه لي و أنا أجزي به، و الصيام جنة، فإذا كان يوم صوم أحدكم، فلا يرفث ولا يصخب، فإن سابه أحد أو قاتله، فليقل: إني صائم، و الذي نفس محمد بيده، لخلوف فم الصائم أطيب عند الله من ريح المسك، للصائم فرحاتان يفرحهما: إذا أفطر فرح بفطره، و إذا لقي ربه فرح بصومه. (متفق عليه و هذا لفظ رواية البخاري)

ޤުދުސިއްޔަ ޙަދީޘެއްގައި ޙަދީޘްކުރެއްވިއެވެ.

މާނަ: " (މާތްﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީ ކުރެއްވިއެވެ. {އާދަމުގެ ދަރިޔާގެ ކޮންމެ ޢަމަލަކީ އޭނާއަށްޓަކައިވާކަމެކެވެ. ރޯދަ މެނުވީއެވެ. ފަހެ ހަމަކަށަވަރުން ރޯދައަކީ ތިމަންރަސްކަލާނގެއަށްޓަކައި ވާކަމެކެވެ. އަދި އެކަމަށް ދަރުމަ ދެއްވާނީ ތިމަންރަސްކަލާނގެއެވެ. އަދި (ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ.) ރޯދައަކީ އައްޑަނައެކެވެ. ފަހެ، ތިޔަބައިމީހުންކުރެ، މީހަކު ރޯދައަށް ހުންނަ ދުވަހު ހަޑިހުތުރު ބަސްތައް ނުބުނާ ހުށިކަމެވެ. އަދި އަޑުގަދަކޮށް ހަޅޭލާ ނަހަދާށެވެ. ފަހެ، އެހެން މީހަކު އޭނާއާ އަރައިރުންވެ ހަޑިހުތުރު ބަހެއް ބުނެފިނަމަ، ފަހެ، އޭނާ ބުނާ ހުށިކަމެވެ. ހަމަކަށަވަރުން ތިމަންނާއީ ރޯދަވެރިއަކީމެވެ. އަދި އެކަލާނގެ އަތްޕުޅުގައި މުޙައްމަދުގެފާނުގެ ފުރާނަވާ މާތް ރަސްކަލާނގެ ޛާތުފުޅު ގަންދީ ބުނަމެވެ. ހަމަކަށަވަރުން، ރޯދަވެރިޔާގެ އަނގައިގެ ވަސް، ﷲގެ ޙަޟްރަތުގައި ގޮމަ ކަސްތޫރީގެ ވަހަށް ވުރެ ވަސްމީރުވެގެންވެއެވެ. ރޯދަވެރިޔާއަށް ދެ އުފަލެއް ވެއެވެ. އެއީ ރޯދަ ވީއްލާހިނދު ލިބެވޭ އުފަލާއި، އަދި އޭނާގެ ވެރި ރައްބާއި ބައްދަލުވާ ދުވަހު ލިބޭ އުފަލެވެ."

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް