ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެސްޕީއޭ) އިން ޓިކްޓޮކްގައި އާންމުކުރި ވީޑިއޯއަކަށް ބޮޑު ސަމާލުކަމެއް ލިބިގެން ގޮސްފިއެވެ.
މަޝްހޫރު ރެޕަރ، ކަޕޯންގެ އޯ ނޯ، ބެކް މިއުޒިކްގައި އެޗްޕީއޭއިން އާންމުކޮށްފައިވާ ޓިކްޓޮކް ވީޑިއޯއިން ފެންނަނީ މީހަކު ސައިކަލުގައި ބުރެއް ޖަހާލަން ނިކުމެ އުޅުނު މީހަކަށް ދިމާވި ކަމެކެވެ.
ސައިކަލު ދުއްވަމުން ދަނިކޮށް ފެންނަނީ އެހެން މީހަކު ހަރު ނުނައްޓާ ސައިކަލު ދުއްވަމުންދާތަނެވެ. މީހަކު ސައިކަލުގެ ހަރު ނުނައްޓާ ދުއްވާނަމަ "ބުރޯ ހަރު"، މީހަކު ލައިޓް ނުނިއްވާ ދުވާލު ދުއްވާނަމަ "ބްރޯ ލައިޓް" ބުނުމަކީ ދިވެހިންގެ އާދައެކެވެ. އެގޮތުން މި ވީޑިއޯގެ މެއިން ކެރެކްޓާވެސް، ހަރު ނުޖައްސާ ދުއްވި ކެރެކްޓާ ހުއްޓުވީ "ބްރޯ ހަރޭ" ބުނާށެވެ. ނަމަވެސް ހުއްޓުވި އިރު "ހަރު ކެރެކްޓާ" ހުރީ މާސްކުވެސް ނާޅައެވެ. އެހެންކަމުން ފުރަތަމަ ކެރެކްޓާ، ދެވަނަ ކެރެކްޓާ ގާތު ބުނަނީ "ބުރޯ ހަރު" ގެ ބަދަލުގައި "ބްރޯ މާސްކު" އެވެ.
މިއީ ރަނގަޅު މެސެޖެކެވެ. މީހަކު މާސްކު ނާޅާ، ނުވަތަ ދަތްދޮޅިއާއި ނިތްކުރިމަތީގައި މާސްކު އަޅައިގެން އުޅޭނަމަ ގޮވާލާފައި "ބުރޯ މާސްކު" މިހެން ބުނެ އެކަން ރަނގަޅު ކުރުވަންވީއެވެ. ސަލާމަތް އޮތީ އެންމެން ގުޅިގެން އެކުގައި މަސައްކަތް ކޮށްގެންނެވެ.
https://www.tiktok.com/@hpa_mv/video/6929718846689529090?is_copy_url=1&is_from_webapp=v1
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް