ދުނިޔޭގެ އެންމެ އަގުބޮޑު ކުއްތާގެ ގޮތުގައި 12 މަހުުގެ ކުއްތާ މީހަކު ގަނެފިއެވެ. މި ކުއްތާ ގަނެފައި ވަނީ 38,893 ޑޮލަރަށެވެ. އޮންލައިން ނީލަމަކުން މި ކުއްތާ ގަނެފައި ވަނީ މި މަހުގެ ތިން ވަނަ ދުވަހުއެވެ.
މިހާ އުމުރުން ހަގު ކުއްތާއެއް އެ އަގުގައި ވިއްކާލީތީ މީހުން ހައިރާން ވެއެވެ. ކިމްއަށް އަދި ވީ12 މަސް ކަމަށް ވިޔަސް، ކިމްގެ ގައިގަ ތިން އަހަރުގެ ކުއްތާއެއްގެ ވިސްނުމާއި ތަޖުރިބާ ހުންނާނެ ކަމަށް ކިމް ޓްރެއިން ކުރި ފަރާތުން ބުނެއެވެ.
ޖެންކިސް އަކީ މީގެ ކުރިންވެސް ކުއްތާ ޓްރެއިން ކޮށް ވިއްކާ ފަރާތެކެވެ. ނަމަވެސް ރެކޯޑް އަގެއްގައި އޭނާ ކުއްތާއެއް ވިއްކި މިއީ ފުރަތަމަ ފަހަރެވެ.
މީގެ ކުރިން، އެންމެ އަގޮބޮޑުކޮށް ކުއްތާއެއް ވިއްކާފައި ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރ13 ވަނަ ދުވަހުއެވެ. 'ހެންނާ' ނަމަކަށް ކިޔާ މި ކުއްތާ ގަނެފައި ވަނީ 26,088 ޑޮލަރަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް