ކައުންސިލް އިންތިހާބާއި ގުޅޭ ޝަކުވާ އަދި ހުރީ އިދިކޮޅު ކޯލިޝަންގައި އެކަނި!

ކުރިޔަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިިހާބާއި ގުޅޭގޮތުން މިހާތަނަށް ޝަކުވާ ހުށަހަޅާފައިވަނީ އިދިކޮޅު ޕީޕީއެމް/ ޕީއެންސީކޯލިޝަނުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ. އެ ކޮމިޝަނުގެ ރައީސް...

17 Feb 2021 | 10:23

ކުރިޔަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިިހާބާއި ގުޅޭގޮތުން މިހާތަނަށް ޝަކުވާ ހުށަހަޅާފައިވަނީ އިދިކޮޅު ޕީޕީއެމް/ ޕީއެންސީކޯލިޝަނުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

އެ ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ އިންތިހާބާއި ގުޅޭ ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ. އަދ މިހާތަނަށް ކޮމްޕްލެއިންސް ބިއުރޯއަށް ލިބިފައިވަނީ ހަތް ޝަކުވާ ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެހުރިހާ ޝަކުވާއަކީ ޕީޕިއެމް އާއި ޕީއެންސީން ހުށަހަޅާފައިވާ ޝަކުވާތައް ކަމަށެވެ. މައިގަނޑު ގޮތެއްގައި ހުރިހާ ޝަކުވާތަކަކީ އިންތިހާބުގައި ކެމްޕެއިން ކުރުމުގައި ހަމަ ހަމަ ފުރުސަތު ނުލިބޭ ކަމަށް ބުނެ ހުށަހަލާފައިވާ ޝަކުވާ ކަމަށް ވިދާޅުވި އެވެ.

މީގެ އިތުރުން ވޯޓާސް ލިސްޓަށް މިހާތަނަށް ހުށަހަޅާފައިވަނީ 19 ޝަކުވާ ކަމަށް ވިދާޅުވި އެވެ. ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު ހަމަވާނީ މިމަހުގެ 20 ވަނަ ދުވަހު އެވެ.

އީސީން ބުނީ ދާއިމީ ވޯޓާސް ލިސްޓު މިމަހުގެ 28 ވަނަ ދުވަހު އާންމު ކުރާނެ ކަމަށެވެ. އަދި އެ ދުވަހު ޝަކުވާއަށް ހުޅުވާލާނެ ކަމަށެވެ.

ކައުންސިލް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އޭޕްރިލް މަހުގެ 10 ވަނަ ދުވަހު އެވެ. މި އިންތިހާބުގައި ވޯޓު ލުމުގެ ހައްގު ލިބިގެންވާ 2،72480 މީހުން އެބަތިއްބެވެ.

މި އިންތިހާބުގައި ވާދަ ކުރަނީ 3،934 ކެންޑިޑޭޓުންނެވެ. އޭގެ ތެރޭގައި ހިމެނެނީ ކައުންސިލްތަކަށް ކުރިމަތިލާ 2،264 ކެންޑިޑޭޓުންނާއި އަންހެނުންގެ ތަރައްގީއަށް މަަސއްކަތް ކުރާ ކޮމިޓީތަކަށް ވާދަ ކުރާ 1،670 ކެންޑިޑޭޓެކެވެ.1

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް