ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ އިމަރޖެންސީ ޔޫސް ލިސްޓިންގައި ކޮވިޝީލްޑް ވެކްސިން ހިމެނުމާއި ގުޅިގެން، އެ ޖަމްޢިއްޔާގެ ގޮވާލުމަށް އިޖާބަދީ، ވެކްސިން ޖެހުމަށް ރައްޔިތުންނަށް ހިތްވަރުދޭކަމަށް ޕްރޮގްރެސިވް-ކޮންގްރެސް ކޯލިޝަނުން ބުނެފިއެވެ.
https://twitter.com/ProgressPartyMV/status/1361977552869359623
މި ނުސްބަޔާނުގައި ބުނެފައި ވަނީ، ޕްރޮގްރެސިވް-ކޮންގްރެސް ކޯލިޝަނުން އަބަދުވެސް ހިތްވަރު ދެނީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރި ކަމަށް ކަމަށާއި، ރައްޔިތުންގެ ސިއްހަތަށްވުރެ ކުރިއަށް ނެރެވޭނެ އެއްވެސް އެހެން އެޖެންޑާއެއް އޮވެގެން ނުވާނެ ކަމަށް އެ ކޯލިޝނުން ގަބޫލުކުރާ ކަމަށެވެ.
މިކަމަށް ރައްޔިތުންނަށް ހިވްވަރު ދީފައި މި ވަނީ، ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން، ވެކްސިން ޖެހުމަށް ހުއްދަ ދިނުމުން ކަމަށް ޕްރޮގްރެސިވް-ކޮންގްރެސް ކޯލިޝަނުން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް