ގދ. ވާދޫގައި ހުންނަ އެސްޓީއޯ ފާމަސީގެ ދޮރު ހަލާކުކޮށްލައިގެން ވަދެ ވައްކަން ކޮއްފިއެވެ.
މި މައްސަލަ މިއަދު ހެނދުނު 8 ޖަހާ އެހާކަންހާއިރު ފުލުހުންނަަށް ރިޕޯޓް ކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ. ފާމަސީއިން ވަގަށް ނަގާފައި ވަނީ 228 ދިވެހި ރުފިޔާކަން މިހާތަނަށް ބެލި ބެލުމުން އެނގިފައި ވާ ކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލަ މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ. އެހެންކަމުން މިކަމުގެ އިތުރު ތަފްސީލެއް ފުލުހުން ނުދެއްވައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް