މިއީ ވަރަށް ގިނައިން މިހާރު އިވޭ ވާހަކައެކެވެ. ކޮލެސްޓްރޯލް ދަށްކުރުމަށްޓަކައި ނުކާ އެއްޗެއް އަދި ނުކުރާ ބޭސްފަރުވާއެއް ނޯންނާނެ ކަމުގައި ވަރަށް ގިނަ މީހުން ބުނެއެވެ. އެހެން ނަމަވެސް ފޮނިތޮށްޓަކީ އޭގައި އެކުލެވޭ ބައިތަކެއްގެ ސަބަބުން ކޮލެސްޓްރޯލް ދަށްކުރުމުގައި ނުހަނު މުހިންމު ދައުރެއް އަދާކުރާ ބާވަތެކެވެ.
ފޮނިތޮށްޓަކީ ކްލިނިކަލީ ޕްރޫވެން ބޭސްފަރުވާއެކެވެ. އެއީ ކޮލެސްޓްރޯލްގެ އިތުރުން ލޭ މައްޗަށް ދިޔުމުންވެސް ސަލާމަތްކޮށްދޭ ބާވަތެކެވެ.
ދިރާސާތަކުން ދައްކާ ގޮތުގައި ކޮންމެ ދުވަހަކު އެންމެ މަދުވެގެން 500 މިލިގުރާމް ފޮނިތޮށި އެންމެ މަދުވެގެންވެސް ޖެހިޖެހިގެން ތިން މަސްދުވަސް ވަންދެން ބޭނުންކޮށްފި ނަމަ ކޮލެސްޓްރޯލްގެ އިތުރުން ލޭ މައްޗަށް ދިޔުމަށްވެސް ހައްލު ލިބޭނެ ކަމަށެވެ.
އެގޮތުން ސްމޫތީ ތައްޔާރުކުރުމުގައްޔާއި އަދި ސައިތައްޓަށް އަޅައިގެންވެސް ފޮނިތޮށި ބޭނުންކުރެވިދާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް