ވަރަށް ފަހުން އިންޑިއާގައި ހެދި ދިރާސާއަކުން ދައްކާގޮތުގައި ފުއްޕާމޭގެ ކެންސަރުން ސަލާމަތް ވުމަށް އިނގުރަކީ ވަރަށް މުހިންމެ ރޯލެއް ކުޅޭ އެއްޗެކެވެ.
އެގޮތުން މި ދިރާސާއިން ދައްކާގޮތުގައި ކޮންމެ ދުވަހަކު އިނގުރު ބޭނުންކުރާ މީހުންނަށް 68 އިންސައްތަ ފުއްޕާމޭގެ ކެންސަރު ޖެހުން ދުރުކޮށްދެއެވެ. އޭގެ ތެރެއިން އެއް ދިރާސާއަކުން ދައްކާގޮތުގައި ފްރެޝް އިނގުރު ކޮންމެ ދުވަހަކު ބޭނުންކުރާނަމަ 76 އިންސައްތައަށް ފުއްޕާމޭގެ ކެންސަރުޖެހުން ދަށް ކޮށްދޭ ކަމަށެވެ.
އަދި ހަމަ އެހެން ދިރާސާއަކުން ދައްކާ ގޮތުގައި 73 އިންސައްތައަށް ފުއްޕާމޭގައި ޓިއުމަރު އުފެދުންވެސް މަދުކޮށްދޭ ކަމަށެވެ.
އިނގުރަކީ ފިނި މޫސުމުގައި ބޭނުންކޮށްލަން އެންމެ ރަނގަޅު އެއް ބާވަތް ކަމުގައި މި ދިރާސާތަކުގައި ފާހަގަކޮށްފައިވާއިރު އިނގުރު ތަފާތު ގޮތްގޮތަށްވެސް ބޭނުންކުރެވިދާނެއެވެ.
އެގޮތުން ރިހަ ކައްކާ އިރު އިނގުރު ޗިސްކޮށްލާފައި އެޅިދާނެއެވެ. ނުވަތަ ސައިތައްޓެއް ބޯ ނަމަ އެއަށްވެސް އިނގުރު ކޮށާލައިގެން ބޭނުންކުރެވިދާނެއެވެ. ހަމަ އެފަދައިން ތާފަނާ ފެނަށް އިނގުރު އަޅައިގެންވެސް ބޭނުންކުރުން ވަރަށް ރަނގަޅުވާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް