ވިލިމާލެއިން ކޮމިއުނިޓީ ގާޑްނިންގއަށް ކަނޑައެޅިފައިވާ ބިމުން ޕްލޮޓް ކުއްޔަށް ދޫކުރަނީ

ވިލިމާލޭގެ ގަސް ހެއްދުމަށް ކަނޑައެޅިފައިވާ ބިމުން 400 އަކަފޫޓުގެ 30 ޕްލޮޓަށް އެދި ހުށަހެޅުމުގެ ފުރުސަތު 17 ފެބްރުއަރީ 2021 ން 25 ފެބްރުއަރީ 2021 ގެ ނިޔަލަށް ހުޅުވާލެވިފައި ވާނެ ކަމަށް މާލޭ ސިޓީ ކައުން...

17 Feb 2021 | 07:53

ވިލިމާލޭގެ ގަސް ހެއްދުމަށް ކަނޑައެޅިފައިވާ ބިމުން 400 އަކަފޫޓުގެ 30 ޕްލޮޓަށް އެދި ހުށަހެޅުމުގެ ފުރުސަތު 17 ފެބްރުއަރީ 2021 ން 25 ފެބްރުއަރީ 2021 ގެ ނިޔަލަށް ހުޅުވާލެވިފައި ވާނެ ކަމަށް މާލޭ ސިޓީ ކައުންސިލްގެ އިދާރާއިން ކޮށްފައިވާ އިއުލާނެއްގައި ވެއެވެ.

.މި 30 ޕްލޮޓް ދޫކުރުމަށް ހަމަޖެހިފައިވަނީ މަހަކު 1000/- ރުފިޔާއަށެވެ. މި ޕްލޮޓްތަކަށް އެދޭނީ އެކަމަށް ޚާއްޞަކޮށް މާލޭ ސިޓީ ކައުންސިލްގެ ވެބްސައިޓްގައި ހުޅުވާފައިވާ ޕޯޓަލް މެދުވެރިކޮށެވެ.

މިކަމަށް އެދިހުށަހެޅުއްވުމަށް މާލެ ސިޓީ ކައުންސިލްގެ (www.malecity.gov.mv) ވެބްސައިޓްގައި އެކަމަށް ކަނޑައެޅިފައިވާ ލިންކް މެދުވެރިކޮށް ހުށަހެޅޭނެ ކަމަށް، މާލޭ ސިޓީ ކައުންސިލްގެ އިއުލާނުގައި ވެއެވެ.

ޝަރުތު ހަމަވާފަރާތްތައް ހޮވުމުގައި 30 ފަރާތަށްވުރެ އިތުރުވާކަމުގައި ވާނަމަ ޕްލޮޓްތަކަށް ހޮވޭ ފަރާތްތައް ކަނޑައަޅާނީ އެދޭފަރާތްތަކުގެ މެދުގައި ގުރުލައަތު ލައިގެންނެވެ. އެއްވެސް ޕްލޮޓެއް ފަހުން ހުސްވެއްޖެނަމަ އިތުރަށް ދޫކުރާނީ ގުރުއަތު ތަރުތީބު ކަމުގައިވާ ގޮތުގެ މަތީންނެވެ.

ޕޯޓަލްގައި ރަޖިސްޓްރީކުރުމަށް އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އިޢުލާނުގެ މުއްދަތުގައި ރަޖިސްޓްރީކުރުމުގައި އެހީތެރިކަން ވިލިމާލެ އޮފީހުން ހެނދުނު 9:00 އިން މެންދުރުފަހު 13:00 އަށް ފޯރުކޮށްދޭނެެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް