ރަސްދޫ ފިހާރައަކުން ވަގަށް ނަގާފައިވާ ތަކެތި ހޯދައި، މީހަކު ހައްޔަރު ކޮށްފި

އއ. ރަސްދޫ ފިހާރަޔަކުން ވަގަށްނަގާފައިވާ ގިނަ އަދަދެއްގެ ސާމާނުތަކެއް ހޯދައި މީހަކު ހައްޔަރުކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 31 އަހަރުގެ ބަންގްލަދޭޝް ފިރިހެނެކެވެ. އެ މީހާ ހައްޔ...

17 Feb 2021 | 07:38

އއ. ރަސްދޫ ފިހާރަޔަކުން ވަގަށްނަގާފައިވާ ގިނަ އަދަދެއްގެ ސާމާނުތަކެއް ހޯދައި މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 31 އަހަރުގެ ބަންގްލަދޭޝް ފިރިހެނެކެވެ.

އެ މީހާ ހައްޔަރުކޮށްފައިވަނީ މި ހިނގާ ފެބްރުއަރީ މަހު 16 ވަނަ ދުވަހު އއ.ރަސްދޫ ފިހާރައަކުން ވައްކަން ކޮށްފައިވާކަމަށް ބުނެ ރަސްދޫ ޕޮލިސް ސްޓޭޝަނަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެންނެވެ.

އެމީހާ ހައްޔަރުކޮށް އޭނާ ދިރިއުޅެމުންދާ ކޮޓަރި ބަލައިފާސްކުރިއިރު، އެފިހާރައިން ވަގަށް ނަގާފައިވާކަމަށް ބެލެވޭ ތަކެތި ފެނިފައިވެއެވެ. މިތަކެތީގެ ތެރޭގައި ހިމެނެނީ ކޮސްމެޓިކްސް ބައެއް ސާމާނާއި ހަވާދުގެ ބާވަތްތަކާއި ދޮންނަ ކުނޑިއާއި ޓީޝާޓާއި ފައިވާން ފަދަ ތަކެއްޗެވެ.

މި މައްސަލަ ރަސްދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް