ބޮލީވުޑްގެ މެގަސުޕާ ސްޓާ އަމީތާބް ބައްޗަންގެ ކާފަދަރިފުޅު ނަވްޔާ ނަވޭލީ ނަންދާ ބޮލީވުޑަށް ނުކުންނާނެ ކަމަށް އުންމީދު ކޮށްގެން ތިބި ސަޕޯޓަރުންނަށް ހިތާމައާއި ކުރމަތިލާން ޖެހިއްޖެ އެވެ.
އުމުރުން 23 އަހަރުގެ ނަވްޔާ އިނގިރޭސިވިލާތުގެ ލަންޑަނުން މަތީ ތައުލީމު ހާސިލްކޮށްގެން އެނބުރި ގައުމަށް ގޮސް ބޮލީވުޑަށް ނުކުންނާނެ ކަމަށް އެންމެން ގަބޫލު ކުރިއެވެ. ހާއްސަކޮށް އޭނާގެ އެކުވެރިންގެ ގޮތުގައި ކިޔަވަން އުޅުޅު ޝާރުކް ހާންގެ ދެ ދަރިން ކަމަށްވާ އާރްޔަން ހާން އާއި ސުހާނާ ހާން ބޮލީވުޑަށް ނުކުންނަ ހަބަރާއި އެކު އެންމެން ހީކޮށްގެން ތިބީ ނަވްޔާ ބޮލީވުޑް ފިލްމަކުން ފެންނަނާނެ ދުވަސް ކައިރިވެއްޖެ ކަމަށެވެ.
އެކަމަކު އޭނާ ވަނީ އޭނާ ފިލްމު ކުޅޭ ހިތް ނުވާކަމަށް ބުނެފައި އެވެ. އޭގެ ބަދަލުގައި އޭނާގެ ޝައުގުވެރިކަން ހުރީ ބައްޕަ ނިކިލް ނަންދާގެ ވިޔަފާރި އާއި އިޖްތިމާއީ ކަންކަމަށެވެ.
ނަވްޔާ މީޑިއާގައި ބުނީ އެއީ އާއިލާއިން ވިޔަފާރިއަށް ނުކުންނަ ފުރަތަމަ އަންހެން މީހާ ކަމަށެވެ. އަދި ވިޔަފާރީގެ ދާއިރާއިން އަންހެނުންނަށް ލިބޭ ފުރުސަތުތައް ފެނުމުން އުފާކުރާ ކަމަށް ބުނެ އެވެ.
އިޖްތިމާއީ ދާއިރާގައި ހަރަކާތްތެރިވުމަށް ދާދިފަހުން ނަވްޔާ ވަނީ "ޕްރޮޖެކްޓް ނަވޭލީ" ގެނަމުގައި އަންހެނުންނަށް މަސައްކަތުގެ މާހައުލުގައި ހަމަހަމަކަން ހޯދައި ދިނުމަށް މަސައްކަތް ކުރުމަށް ޕްރޮޖެކްޓެއް ފަށާފައި އެވެ. ނަވްޔާ ބުނީ އެ ޕްރޮޖެކްޓުގެ ދަށުން ކުރިޔަށް ދާން ބޭނުންވެފައި ތިބި އަންހެނުންނަށް އެހީވެ، އަންހެނުންނަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދީ، އެމީހުންނަށް ވަޒީފާ ދިނުމަށް ބާރު އެޅުމަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގާނެ ކަމަށެވެ.
ނަވްޔާ އަކީ އަމީތާބުގެ ދޮށީ ކާފަ ދަރިއެވެ. އަދި ނަވްޔާގެ މަންމަ ޝްވެތާ ބައްޗަން ނައްދާ އަކީ އަމީތާބުގެ ދޮށީ އަންހެން ދަރިފުޅެވެ. ދެން ޝްވެތާގެ ހުންނަނީ އަގަސްޓްޔާ ނަންދާ އެވެ.
އަމީތާބްގެ ތިން ވަނަ ކާފަދަރިއަކީ އަބީޝެކް ބައްޗަން އާއި އައިޝްވާރިޔާ ރާއީ ބައްޗަންގެ ދަރިފުޅު އަރާދްޔާ ބައްޗަން އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް