މަހެއް ގޮތަށް ފިހުނު ކޭކް އޮތީ ބޮކެއްހެން

މެލޭޝިއާގެ އަންހެނެއް، އޭނާގެ ދަރިފުޅު އުފާކޮށްދޭން މަހެއްގެ ބައްޓަމަށް އެޅި ކޭކް، ނިމުނު އިރު އޮތީ ބޮކެއްގެ ބައްޓަމަށެވެ. މި އަންހެން މީހާ އޭނާ އެޅި ކޭކުގެ ފޮޓޯ މީސް މީޑިޔާއަށް ލުމުން ގިނަ ބަޔަކު ދަނ...

17 Feb 2021 | 06:29

މެލޭޝިއާގެ އަންހެނެއް، އޭނާގެ ދަރިފުޅު އުފާކޮށްދޭން މަހެއްގެ ބައްޓަމަށް އެޅި ކޭކް، ނިމުނު އިރު އޮތީ ބޮކެއްގެ ބައްޓަމަށެވެ.

މި އަންހެން މީހާ އޭނާ އެޅި ކޭކުގެ ފޮޓޯ މީސް މީޑިޔާއަށް ލުމުން ގިނަ ބަޔަކު ދަނީ އެ ފޮޓޯ ޝެއާ ކުރަމުންނެވެ. އެތައް ބަޔަކު މަޖަލަކަށްވެގެން އެ ފޮޓޯބަލައި ޖޯކް ޖަހަމުން ދެއެވެ.

ބައެއް މީހުން އެމީހުންގެ ބައިވެތިޔާ ޓެގް ކޮށްފައި މި ފޮޓޯ ފޭސްބުކްގައި ޖަހަމުންދެއެވެ. އަދި އެއީ ' ކައިވެނީގެ ކުރިން ތިމާ ހުރި ގޮތާއި، ކައިވެނީގެ ފަހުން ހުރި ގޮތް ' ކަމަށް ވެސް އެއްބަޔަކު ބުނަމުންދެއެވެ.

މި ފޮޓޯއަށް ބައި ލައްކައަށް ވުރެ ގިނަ މީހުން ރިއެކްޓް ކޮށްފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް