ތިނަދޫގެ މޮނިޓަރިންގެ ހާލަތު އުވާލައިފި

ގދ. ތިނަދޫގެ މޮނިޓަރިންގެ ހާލަތު އުވާލައިފިއެވެ. ތިނަދޫގައ ިމޮނިޓަރިންގ ހާލަތު އިތުރަށް ދަމަހައްޓަން ޖެހޭ ސަބަބެއް ނެތުމާއެކު ތިނަދޫ މޮނިޓަރިންގ ހާލަތުން ނެގުމަށް ނިންމާފައިވާ ކަމަށް އެޗްޕީއޭއިން ބުނެ...

17 Feb 2021 | 06:23

ގދ. ތިނަދޫގެ މޮނިޓަރިންގެ ހާލަތު އުވާލައިފިއެވެ.

ތިނަދޫގައ ިމޮނިޓަރިންގ ހާލަތު އިތުރަށް ދަމަހައްޓަން ޖެހޭ ސަބަބެއް ނެތުމާއެކު ތިނަދޫ މޮނިޓަރިންގ ހާލަތުން ނެގުމަށް ނިންމާފައިވާ ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.

ތިނަދޫގައި ހުރި އައްޑޫ ސިޓީ އިން ޕޮޒިޓިވްވި ކޭސްތަކާއި ގުޅުންހުރި ފަރާތެއް ޕޮޒިޓިވްވުމާއި ގުޅިގެން އެރަށް މޮނީޓަރިން އަށް ލީ މި މަހުގެ ހަތް ވަނަ ދުވަހުއެވެ. އެރަށް މޮނީޓަރިންގެ ހާލަތުން ނަގާފައި މިވަނީ 10 ދުވަސް ފަހުންނެވެ.

ތިނަދޫގެ އެކްޓިވް ހަތަރު ކޭސް މިހާރު އެބަ އުޅެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް