ހޮސްޕިޓަލެއްގެ ވެއިޓިންގް ރޫމަށް ގެރިއެއް ވަދެ، ބަލިމީހުންތަކަކަށް ހަމަލާދީފި

ހޮސްޕިޓަލްގެ ވެއިޓިންގް ރޫމަށް ގެރިއެއް ވަދެ، ބަލިމީހުންތަކަކަށް ހަމަލާދީފިއެވެ. ކޮލަމްބިއާގެ ހޮސްޕިޓަލްގެ ވެއިޓިންގް ރޫމަށް ގެރިއެއް ވަނެ، މީހުނަށް ހަމަލާ ދޭ މަންޒަރު ދައްކުވައިދޭ ވީޑިއޯ، ހޮސްޕިޓަލްގ...

17 Feb 2021 | 06:05

ހޮސްޕިޓަލްގެ ވެއިޓިންގް ރޫމަށް ގެރިއެއް ވަދެ، ބަލިމީހުންތަކަކަށް ހަމަލާދީފިއެވެ.

ކޮލަމްބިއާގެ ހޮސްޕިޓަލްގެ ވެއިޓިންގް ރޫމަށް ގެރިއެއް ވަނެ، މީހުނަށް ހަމަލާ ދޭ މަންޒަރު ދައްކުވައިދޭ ވީޑިއޯ، ހޮސްޕިޓަލްގެ ސީސީޓީވީ ކެމެރާއަށް އަށް އަރާފައި ވެއެވެ.

މި ގެރި ހޮސްޕިޓަލަށް ވަދެ އުޅެން ފެށުމުން ހޮސްޕިޓަލްގެ މުވައްޒަފުންނާއި، ވެއިޓިންގް ރޫމްގައި ތިބި ބަލިމީހުން ވަނީ ކޮޅުކޮޅަށް ދުވަން ފަށާފައެވެ.

ގެރި ވަނުމުގެ ސަބަބުން ކޮންމެ މީހެއްވެސް އެމީހެއްގެ ސަލާމަތަށްޓަަކައި ދުވެ ފިލާފައި ވެއެވެ. ނަމަވެސް ގެރި ވަދެގެން އައިގޮތަށް ބައެއް މީހުންނަށާއި، ހޮސްޕިޓަލްގައި ހުރި ގޮނޑިތަކަށް ހަމަލާ ދީފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް