ހުޅުމީދޫ އެމްޓީސީސީ ސައިޓުން ބިދޭސީއަކު ކޮވިޑަށް ފައްސިވެއްޖެ

ހުޅުމީދޫ އެމްޓީސީސީ ސައިޓުން އިތުރު ބިދޭސީއަކު ކޮވިޑު-19 އަށް ފައްސިވެއްޖެއެވެ. އެމްޓީސީސީ ސައިޓުން އިތުރު މީހަކު ފައްސި ވުމާ ގުޅިގެން އެތަނުން ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ އަދަދު މިވަނީ 26 އަށް އިތުރ...

17 Feb 2021 | 05:43

ހުޅުމީދޫ އެމްޓީސީސީ ސައިޓުން އިތުރު ބިދޭސީއަކު ކޮވިޑު-19 އަށް ފައްސިވެއްޖެއެވެ.

އެމްޓީސީސީ ސައިޓުން އިތުރު މީހަކު ފައްސި ވުމާ ގުޅިގެން އެތަނުން ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ އަދަދު މިވަނީ 26 އަށް އިތުރުވެފައެެވެ.

އެމްޓީސީސީ ސައިޓްގައި ކަރަންޓީންވެގެން ހުރި މި މީހާ  ފައްސިވެފައި ވަނީ، ކޮވިޑް19 ގެ އަލާމާތްތައް ފެންނާތީ ޓެސްޓު ކުރުމުންނެވެ.

މިވަގުތު އައްޑޫގައި ކޮވިޑު ދެ ކްލަސްޓަރ އޮތް އިރު އައްޑޫގެ މޮނިޓަރިން ހާލަތު އެޗްޕީއޭއިން ރޭ މިވަނީ އިތުރު 7 ދުވަހަށް އިތުރުކޮށްފައެވެ. އެމްޓީސީސީ ކްލަސްޓަރ އާއި އޭވިއޭޝަން ކްލަސްޓައިން މިހާރު ޖުމްލަ ފައްސިވެފައިވާ ކޭސްތައް މިވަނީ 63 އަށް އިތުރުވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް