ލަވަކިޔުމަކީ ހަރާމްކަމެއް ކަމަށް ގަބޫލުކުރެވިގެން ހުއްޓާލި ޝާނީގެ ލަވައެއް ނުވަ އަހަރަށްފަހު !

ގައުމުގައި މިއުޒިކުގެ ވާހަކައިން ބޮޑު ބަހުސެއް އުފެދިފައިވަނިކޮށް ލަވަކިޔުން ހުއްޓާލައިގެން ހުރި، ކުރީގެ ލަވަކިޔުންތެރިޔާ މަރިޔަމް ޝާނީޒް (ޝާނީ) ގެ ލަވައެއް ސޯޝަލް މީޑިއާއަށް ދޫކޮށްލައިފިއެވެ. ޓްވިޓާއ...

17 Feb 2021 | 04:42

ގައުމުގައި މިއުޒިކުގެ ވާހަކައިން ބޮޑު ބަހުސެއް އުފެދިފައިވަނިކޮށް ލަވަކިޔުން ހުއްޓާލައިގެން ހުރި، ކުރީގެ ލަވަކިޔުންތެރިޔާ މަރިޔަމް ޝާނީޒް (ޝާނީ) ގެ ލަވައެއް ސޯޝަލް މީޑިއާއަށް ދޫކޮށްލައިފިއެވެ.

ޓްވިޓާއަށް ޝާނީ ކިޔާފައިވަނީ ހިންދީ ލަވައެއް ކަމުގައިވާ "ޕެހެލާ ނަޝާ" އެވެ.

ޝާނީ ލަވަކިޔުން ހުއްޓާލާފައިވަނީ 2011 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ. ލަވައެއް އާންމުކޮށް ދޫކޮށްލާފައިމިވަނީ ނުވަ އަހަރު ފަހުންނެވެ.

ޝާނީ އެންމެ ފަހުން ދީފައިވާ އިންޓަވިއުއެއްގައި ބުނެފައިވަނީ ލަވަކިޔަން ފެށީވެސް ހޮބީއެއްގެ ގޮތުގައި ކަމަށެވެ. "ދޯ" އަށް ދީފައިވާ އިންޓަވިއުއެއްގައި ޝާނީ ބުނެފައިވަނީ މިއުޒިކާ ދުރަށް ގޮސްގެން އެކަމަކާ ރިގްރެޓެއް ނުކުރާކަމަށާއި މިކަމަކީ ކެރިއާއެއް އެއްވެސް އިރަކު ނުދެކޭ ކަމަށެވެ.

"ހޮބީއެއްގެ ގޮތުގައި ކުރެވުނު ކަމެއްގެ ގޮތުގައި ދެކެވުނީ އަބަދުވެސް. އެއީ މި ބުނާހެން ރާއްޖޭގައި މިއުޒިޝަންއަކަށް ނެތް ފިއުޗާއެއް އެކަން ކެރިއާއެއްގެ ގޮތުގައި ކޮށްގެނެއް. އެކަން ހާސިލުކުރަން އެކަމުގައި ހޭދަކުރަން ޖެހޭ ވަގުތާ އަޅާބަލާއިރު ވޯތެއް ނޫން. އަހަންނަށް ސިފަވި ގޮތަކީ އެއީ. މިއީ ހަމައެކަނި އަހަރެންގެ ހިޔާލު އަދި މިކަމުގައި އެހެން މީހުންގެ ހިޔާލު ތަފާތު ވެސް ވެދާނެ." ޝާނީ ބުނެފައިވެއެވެ.

ޝާނީ ލަވަކިޔުން ހުއްޓާލުމަށްފަހު ބުރުގާވެސް އެޅިއެވެ.

https://twitter.com/shani1i/status/1361743682089611265

އޭރު ސަންގައި ލިޔެފައިވާ ހަބަރެއްގައި ބުނެފައިވަނީ ދީނީ ކަން ކަމަށް ލޯބިކުރާ ޝާނީ، ލަވަކިޔުމަކީ ކޮން ކަހަލަ ކަމެއްތޯ ބަލައި އެކަމާ ބެހޭ ގޮތުން މައުލޫމާތު އެއްކުރަމުން އަންނަތާ ދުވަސްކޮޅެއް ވެއްޖެ ކަމަށާއި އެ ހޯދުންތަކަށް ފަހު ލަވަކިޔުން ހުއްޓާލީ ލަވަކިއުމަކީ "ދީނީ ގޮތުން ވެސް ހަރާން ކަމެއް ކަމަކަށް" ގަބޫލު ކުރެވިގެން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް