ރީތި ބީޗް ރިސޯޓްގެ އިރުދެކުނުން އޮތް ފަރަކަށް، 5 މީހުންނާ އެކު ދަތުރު ކުރި "ސީ ޕްރޯ ލޭންޑިންގް ކްރާފްޓް" އުރި، ދިޔަވަމުން ދާކަމުގެ ރިޕޯޓް ލިބުމާ ގުޅިގެން އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓް ގާޑް ސްކޮޑްރަން އިން ހަރަކާތްތެރި ވަމުން ދާ ކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.
މިހާދިސާގެ ރިޕޯޓް ލިބިފައި ވަނީ ރޭ ދަންވަރު 02:59 ހާއިރު ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދެއެވެ.
މި ލޭންޑިންގް ކްރާފްޓްގައި ތިބީ 2 ދިވެހިންނާއި 3 ބިދޭސީންނެވެ.
ކޯސްޓް ގާޑްގެ ޑައިވަރުން މިހާރު ދަނީ ސައިޓްގައި ހަރަކާތްތެރިވަމުންނެވެ. އަދި ލޭންޑިންގް ކްރާފްޓްގެ ވެރިފަރާތުން ހަމަޖެއްސި އުޅަނދެއް ވެސް ހަރަކާތްތެރި ވަމުން ދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް