މާލެ ސަރަހައްދުގައި ދިރިއުޅޭ އުމުރުން 40 އަހަރުން މަތީގެ އެންމެންނަށް ކޯވިޑް-19 ވެކްސިން ދޭން ފަށައިފި އެވެ.
އެޗްޕީއޭއިން ބުނީ އުމުރުން 18 އަހަރާއި 40 އަހަރާއި ދެެމެދުގެ މީހުންގެ ތެރެއިން ހައިރިސްކު ކެޓަގަރީގެ މީހުންނަށް ކޯވިޑް ވެކްސިން ދެމުންދާނެ ކަމަށެވެ. އަދި މިއަދުން ފެށިގެން 40 އަހަރުން މަތީގެ އެންމެންނަށް ވެކްސިން ޖެހުމަށް ހުޅުވާލާފައިވާ ކަމަށެވެ.
ހައި ރިސްކު ކެޓަގަރީގައި ހިމެނެނީ ދިގު މުއްދަތަކަށް ބޭސްފަރުވާ ކުރަން ޖެހިފައިވާ ބަލިތައްޖެހިފައވާ މީހުންނެވެ. ކޯވިޑްގައި އެންމެ ނުރައްކާތެރި ހާލަތަށް ދަނީ އުމުރުން ދުވަސްވީ މީހުންނާއި ދިގު މުއްދަތަކަށް ފަރުވާ ކުރަން ޖެހޭ ބަލިތައް ޖެހިފައިވާ މީހުންނެވެެ.
އެޗްޕީއޭއިން މި އުމުރުފުރާގެ ފަރާތްތަކުން ޕޯޓަލްގައި ރެޖިސްޓްރީ ނުކޮށް ވާނަމަ އައިޑީކާޑާއި އެނޫންވެސް ސިއްހީ ގޮތުން ބޭނުންވާނެ ލިޔެކިޔުންތައް ހިފައިން ވެކްސިން ސެންޓަރަށް ދިޔުމުން ރެޖިސްޓްރީ ކޮށްދޭނެ ކަމަށެވެ.
ވެކްސިން ސެންޓުތައް ހުންނަނީ މާލޭ ސޯޝަލް ސެންޓަރާއި އިސްލާމީ މަރުކަޒު، ހުޅުމާލޭ ކުރީގެ ފްލޫ ކްލިނިކް އަދި ވިލިމާލޭ ޒުވާނުުންގެ މަރުކަޒުގައި އެވެ.
ރާއްޖޭގެ މިހާތަނަށް ކޯވިޑް ވެކްސިން 50،047 މީހުންނަށް ވަނީ ޖަހާފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް